
ހައިކޯޓް
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފި
ސީއެންއެމް ނިއުސް ޓީމް
28 މާރޗް 2023 - 18:03:19
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު އެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތި ލައްވައިފި އެވެ.
ޖޭއެސްސީން ބުނީ ހައިކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތި ލުމުގެ ސުންގަޑި ހަމަވިއިރު ކުރިމަތި ލައްސާފައިވަނީ:
- މަރްޔަމް ވަޙީދު / ބެލޫން, ސ.ފޭދޫ
- މުޙައްމަދު ޝަނީޒް ޢަބްދުﷲ / ހަނދުވަރީނާޒް, ގދ.ގައްދޫ
- ޢަލީ އަޙްމަދު / ބިއްދޮށުގެ, ފ.ނިލަންދޫ
- މުޙައްމަދު މިންހާޖް / ހިރިލަންދޫގެ, ސ.ފޭދޫ ކަމަށެވެ.
މި ހަތަރު ބޭފުޅުންގެ ތެރެއިން މަރިޔަމް ވަހީދަކީ މިހާރުވެސް ސިވިލް ކޯޓްގެ ގާޒީ އެކެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާ ލިބޭއިރު ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް