ads
ސުނިލް ޗެތްރީ
ގައުމީ ޓީމަށް ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ޗެތްރީ
ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނައަށް އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ އަރައިފިއެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނައަށް އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ އެރީ، އިންޑިޔާގައި މިއަދު ކިރިގިސްތާނު ކޮޅަށް ޖެހި ލަނޑާއެކުއެވެ. 

ކިރިގިސްތާނު އަތުން 2-0 ން އިންޑިޔާ މިއަދު މޮޅުވި މެޗުގައި ޗެތްރީ ޖެހި ލަނޑަކީ އިންޑިޔާގެ ގައުމީ ޓީމަށް އޭނާ ޖެހި 85 ވަނަ ލަނޑެވެ. އެއާއި އެކު އޭނާ ވެފައިވަނީ ގައުމީ ޓީމަށް ފަސްވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. 

ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮންނަނީ 122 ލަނޑާއެކު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. ދެވަނައިގަ އިރާނުގެ ކުރީގެ ފޯވާޑު އަލީ ދާއީ 109 ލަނޑާއެކު ހުރިއިރު، ތިންވަނަ ލިބެނީ އާޖެންޓީނާގެ މެސީ އަށެވެ. މެސީގެ ލަނޑުގެ އަދަދަކީ 99 އެކެވެ. 

މި ލިސްޓުގެ ހަތަރު ވަނައިގައި އޮތީ މެލޭޝިއާގެ ކުރީގެ ފޯވާޑު މުހްތާރު ދަހާރީ އަތުގައެވެ. އޭނާގެ ފަހަތުން ދެން އޮތީ ޗެތްރީގެ ނަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް