ads
ހެރީ ކޭން ޔުނައިޓެޑުގެ ޖޯޒީގައި (ހަދާފައިވާ ފޮޓޯއެއް)
ހެރީ ކޭން ޔުނައިޓެޑަށް!
ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ އަގަކަށް، އިގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން، ޓޮޓެންހަމުން މެންޗެސްޓަރ ޔުނައިޓެޑަށް ގެންނާނެ ކަމުގެ ޔަގީންކަން ޔުނައިޓެޑުގެ ކޯޗު ޓެން ހޭގަށް ކްލަބުން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިގިރޭސި ނޫސް، ދަ ސަންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެރީ ކޭން އަންނަ ސީޒަންގައި ޔުނައިޓެޑަށް ގެނައުމުގެ ޑީލަކީ ކަށަވަރު ޑީލެކެވެ. އަދި ސީޒަން ނިމުމުގެ ކުރިން އެކަން ރަސްމީކޮށް ހާމަ ކުރާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އުމުރުން 29 އަހަރުގެ ކޭންއަކީ، އިގިރޭސި ގައުމީ ޓީމަށްވެސް މިހާރު އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާވެސްމެއެވެ.

ޓޮޓެންހަމާއެކު ކޭން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ އަންނަ ސީޒަންގެ ނިޔަލަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޔުނައިޓެޑުން ކޭން ގެންނަން ބޭނުންވަނީ ރޮނާލްޑޯ ކުޅުނުތަން ފޫބެއްދުމުގެ އިތުރުން ރަޝްފޯޑާއެކު ކުޅޭނެ އިތުބާރު ފޯވާޑެއް ހޯދުމުގެ ބޭނުމުގައެވެ.

ކޭންގެ ސޮއި ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ބާސެލޯނާއާއި ބަޔާން މިއުނިކް އަދި ޗެލްސީ ހިމެނެއެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ކޭން ބޭނުންވަނީ ކްލަބު ބަދަލު ކުރާނަމަ ޔުނައިޓެޑަށް ދާށެވެ.

67%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް