ads
ސޯޝަލް މީޑިއާ އިންފުލުއެންޒާ ފާތިމަތު ނަވާ
ނަވާ ބުރުގާ އަޅައިފި
ދިވެހި ރާއްޖޭގެ ޝޯޝަލް މީޑިއާ އިންފުލުއެންޒާ ފާތިމަތް ނަވާ ބުރުގާ އަޅައިފިއެވެ.

ނަވާ ބުރުގާ އެޅިކަން ހާމަކުރުމުގެ ގޮތުން މީގެ ތިން ދުވަސް ކުރިން އޭނާ ވަނީ އޭނާގެ ސޯޝަލް މީޑިއާއަށް ބުރުގާއެޅި ފޮޓޯތަކެއް ލާފައެވެ. 

އޭނާ ބުުރުގާއާއެކު ފޮޓޯ ލުމަށްފަހު ލިޔެފައިވަނީ ٱلْحَمْدُ لِلَّٰهِ އެވެ. ނަމަވެސް ނަވާ ބުރުގާއެޅިކަން އޭނާގެ ގިނަ ފޭނުންނަށް ގަބޫލެއް ނުކުރެވުނެވެ. މިހެންކަމުން ނަވާ ވަނީ މިއަދު އޭނާގެ ފޭނުންނަށް ހާއްސަކޮށް ޕޯސްޓެއްކޮށް އެނާ ބުރުގާ އެޅީ ހަމައެކަނި ފޮޓޯއެއް ނަގަން ނޫންކަން ޔަގީންކޮށްދީފައެވެ. 

"ބުރުގާއެޅީތީ ހިތްވަރު ދިން ހުރިހާ މީހުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ތި ހުރިހާ ބޭފުޅުންނަށް ވަކި ވަކިން ރިޕްލައި ނުކުރެވިދާނެ. އެކަމަކު މިއީ ފޮޓޯއެއް ނަގަން އެޅި ބުރުގާއެއް ނޫން،" ނަވާ މިއަދު އޭނާގެ ފޭނުންނަށް ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ނަވާ އަކީ ސޯޝަލް މީޑިއާ އިންފުލުއެންޒާއެއްގެ އިތުރުން ލައިސަންސު ލިބިފައިވާ ޒުމްބާ އިންސްޓްރަކްޓަރެކެވެ. 

ނަވާ ބުރުގާ އަޅާފައިވާ ފޮޓޯތަކަށް ސޯޝަލް މީިޑިއާގައި އެތައް ސަތޭކަ ބަަޔަކު ކޮމެންޓު ކުރަމުން އަންނައިރު ގިނަ މީހުން ބުނަނީ ނަވާ ބުރުގާ އެޅުމުން މާ ރީތިކަމަށެވެ. އަދި އަނެއް ބަޔަކު ބުނަނީ ބުރުގާ އެޅިކަން ގަބޫލުކުރަން ދަތި ކަމަށެވެ.

66%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް