ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 ގެ އަލާމާތްތައް ހުރި ކަމަށް ޝައްކު ކުރެވިގެން ވ. ތިނަދޫން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ފަރާތުގެ ޓެސްޓު ނެގެޓިވްވެފައިވާ ކަމަށެވެ.
އިޓަލީގެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އިއްޔެ ވަނީ ވ. ތިނަދޫއަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އަދި އެ ފަތުރުވެރިޔާ ހުރީ ފަރުކޮޅުފުށީގައި ކަރަންޓީންކޮށްފަ އެވެ.
އެޗްޕީއޭއިން މިއަދު ބުނީ އެމީހާގެ ޓެސްޓު ނެގެޓިވްވި ނަމަވެސް، ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އިތުރަށް ޓެސްޓް ކުރެވޭނެެ ކަމަށެވެ.
"މިކަމާ ގުޅިގެން ވ. ތިނަދޫގެ “ކޮންޓެކްޓް ޓްރޭސިން" ހެދުމާއި ބަލަން ޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއް ނެތް ކަމަށް އަންގަން،" އެޗްޕީއޭއިން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;