ads
ކަރީނާ ކަޕޫރު
ކަރީނާ އަކީ މުސްލިމެއްތަ؟
ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރަކީ މަޝްހޫރު ފިލްމީތަރި ސައިފް އަލީ ހާންގެ އަންހެނުންނެވެ. ނަމަވެސް ސައިފްއާ ކައިވެނި ކުރި ފަހުން ކަރީނާ މުސްލިމްވީކަމެއް ނުވަތަ ނޫންކަމެއް ހާމަކޮށްފައެއް ނުވެއެވެ.
Advertisement

ކަރީނާއަކީ މުސްލިމެއްތޯ؟ މި ސުވާލު އުފައްދަންޖެހޭ އެއް ސަބަބަކީ ސައިފް އަލީހާންގެ މަންމަ ޝަރުމީލާ ޓޭގޯ ވަނީ ސައިފްގެ ބައްޕަ މަންސޫރު އަލީ ޚާން ޕަތައުދީ އާއި ކައިވެނިކުރުމަށް އިސްލާމްވެފައެވެ. އޭގެފަހުން ޝަރުމީލާގެ ނަމަކީ އައިޝަތު ބޭގަމް ނުވަތަ އައިޝަތު ސުލްތާނާ ބޭގަމްއެވެ. 

ދެން ސުވާލަކީ ސައިފް އަލީހާން އާއި ކައިވެނިކުރަން ކަރީނާ މިފަދަ އެއްވެސް ކަމެއް ނުކުރީ ކީއްވެހެއްޔެވެ؟ 

ކަރީނާގެ ދީނުގެ ވާހަކައަކީވެސް ބޮލީވުޑްގައި ހޫނުކޮށް ދެކެވޭ ވާހަކައެކެވެ. ސަބަބަކީ ކަރީނާގެ މަންމަ ފަރާތުން މީހުންނަކީ ސިންދޫ ހިންދޫ މީހުންނެވެ. އަދި ބައްޕަ ފަރާތުން އެއީ ޕަންޖާބީ ހިންދޫ ބައެކެވެ. 

your imageކަރީނާ ކަޕޫރު ހާން އާއި އޭނާގެ ފިރިމީހާ ސައިފް އަލީ ހާން އަދި ދަރިފުޅު ތައިމޫރު——

ނަމަވެސް ސައިފްއަލީ ހާންއާ ކަރީނާ ކައިވެނި ކުރިފަހުން ހިންދޫންގެ ބޮޑުންގެ ފަރާތުންނާއި ހިންދޫ ދީނުގެ ބައެއް މީހުންގެ ފަރާތުން ފާޑުކިއުން ކުރިމަތިވިއެވެ. ސަބަބަކީ ކަރީނާ ސައިފްއާ ކައިވެނިކުރީ މުސްލިމްވެގެން ކަމަށް ބައެއް ހަބަރުތައް ފެތުރުމުންނެވެ. އަދި ހިންދޫންގެ ފަރާތުން ކަރީނާއަށް ކުރާ ގޯނާ އިތުރުވީ އޭނާގެ ދަރިންނަށް ދިން ނަމުގެ ސަބަބުންނެވެ. އެއީ އެނާއަށް ލިބުނު ދެ ދަރިންނަށް ޖަހަންގީރު އަދި ތައިމޫރު ކިއުމުންނެވެ. މި ދެ ނަމަކީ އިންޑިއާއަށް ވެރިވި އިސްލާމީ އެމްޕަޔާ މޮގަލްގެ ދެ ރަސްކަލުންގެ ނަންކަމަށްވާތީއެވެ.

މިގޮތުން ކަރީނާގެ ދަރިންނަށް ކިޔަނީ އެތައް ހާސް ހިންދޫންނެއް ގަތުލްކުރި ގައްދާރުންގެ ނަންކަމަށް ބުނެ ބީޖޭޕީއަށް ސަޕޯޓުކުރާ ޔޯގީއެއްވެސް ވަނީ ވާހަކަ ދައްކާފައެވެ. 

ކަރީނާގެ ދީނާއި ގުޅޭގޮތުން ސައިފްގެ އާއިލާ މެންބަރުންނަށް ވެސް ސުވާލު ކުރިމަތިވެއެވެ. 

"ކަޕޫރު އާއިލާއިން ވަނީ އެއްތަ ސަތޭކަ އަހަރެއް ކުރިން މުސްލިމުންނާ ބައިއަތުހިފާފަ އަދި އިސްލާމް ދީން ގަބޫލުކޮށްފަ. އެހެންކަމުން އަހަރުމެން ގަބޫލުކުރަނީ ކަރީނާއަކީ މުސްލިމެއް ކަމަށް،" ކަރީނާގެ ދީނާ ބެހޭގޮތުން އެނާގެ މައިދައިތަ ޝަރުމީލާ ޓާގޯ ބުނެފައިވެއެވެ.

ސައިފް އަލީ ހާން އާއި ކައިވެނި ކުރި ފަހުން ކަރީނާ ވެސް އަދި ސައިފްވެސް ދެ މީހުންގެ ދީނަ ގުޅޭގޮތުން ވާހަކައެއް ނުދައްކައެވެ. ނަމަވެސް ކަރީނާއާ ކައިވެނިކުރުމުން ބައެއް މުސްލިމުން ވެސް ވަނީ ސައިފް އަށް ވެސް ފާޑުކިއުން އަމާޒުކޮށްފައެވެ. މިގޮތުން ސައިފްއަށް ފާޑުކިޔާ މީހުން ބުނަނީ ސައިފް އަކީ "ނަމެއްގަ މުސްލިމެއް" ކަމަށެވެ. 

ނަމަވެސް ކަރީނާއާއި ސައިފް ގެ ދަރިންނަށް ދީފައިވަނީ މުސްލިމު ނަންކަމުން އަދި ސައިފްގެ އާއިލާއަކީ މުސްލިމު އާއިލާއެއް ކަމުން ކަރީނާއަކީ ވެސް މުސްލިމެއްކަމަށް ބެލެވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. 

33%
ކަމުގޮސްފި
28%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
28%
ވަރަށް ސަލާމް
ކޮމެންޓްސް