ads
ކައިޒީން
ކައިޒީން އެރުވި ހަވާބަލަން އެތައް ސަތޭކަ ބަޔަކު ނުކުމެއްޖެ
ދިވެހިރާއްޖޭގެ ސޯޝަލްމީޑިއާ އިންފުލުއެންޒާ ފާތިމަތު ޒަޔާން (ކައިޒިން) ގެ އުފަން ދުވަސް ފާހަގަކުރަން ހަވާއެރުވި މަންޒަރު ބަލަން އެތައް ސަތޭކަ ބަޔަކު ރޭ ނުކުމެއްޖެއެވެ.

ހަ މިނެޓަށް ކުރިއަށްދަ ހަވާ އެރުވުމުގެ މި ހަރަކާތް ރޭ މެންދަމު 00:00 ގައި ބާއްވާފައިވަނީ މާލެ ސިޓީ، އުސް ފަސްކަނޑާ ދިމާލުން ދަރުބާރުގޭ ފުރަގަހުން ކަނޑުގެ ސަރަހައްދުގައެވެ.

ގިނަ ބަޔަކު އެ ސަރަހައްދަށް ހަވާބަލަން އެއްވުމުގެ އިތުރުންވަނީ އެމީހުންގެ ސޯޝަލް މީޑިއާއަށް ވެސް ހަވާގެ މަންޒަރުތައް ލާފައެވެ. 

ކައިޒީން ވަނީ އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް ކޭކެއް ވެސް ފަޅާފައެވެ. ފަސް ބުރީގެ ބޮޑު ކޭކު ފެޅިއިރު ކައިޒީން ލައިގެން ހުރީ ރަންކުލައިގެ ވިދާ ހެނދުމެކެވެ. 

އެމްއެންޑީއެފުން ދިވެހިންނަށް ހަވާއަރުވާދެނީ މިނިޓަކަށް 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ އެއް އިންފުލުއެންޒާ ކައިޒީން އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ހާއްސަ ކަމެއް ކުރެއެވެ. އެގޮތުން މިދިޔަ އަހަރު އޭނާ ވަނީ ތާޖުމަހަލު ކައިރީގައި އުފަން ދުވަސް ފާހަގަކޮށްފައެވެ. އަދި އޭގެ ކުރިން ދުބާއީގެ ބުރިޖްހަލީފާ ގައިވެސް އުފަންދުވަސް ފާހަގަކޮށްފައިވެއެވެ. 

32%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
35%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް