ads
މަނާކުރެވުނު ބޭހެއް
ލޮލަށް އަޅާ ހަތަރު ބޭހަކަށް ސަމާލުވާން އެދިއްޖެ
އެމެރިކާގެ ކުންފުނިތަކުން އުފައްދާ ލޮލަށް އަޅާ ހަތަރު ބޭހަކަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދިއްޖެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެ ހަރަތު ބޭހަކީވެސް ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫ.އެސް އެފްޑީއޭ) އިން ސަމާލުކަމަށް ގެނެސްފައިވާ ބޭސްތައް ކަމަށެވެ.

 މި ހަތަރު ބޭހަކީ:

your imageމަނާކުރެވުނު ބޭސްތައް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި (އެޕްރޫވްޑް ޑްރަގް ލިސްޓްގައި) ހިމެނޭ ބޭހެއް ނޫނެވެ. އެހެން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް އެދޭކަމަށެވެ.

އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް