ads
ކައިޒީން
މިއޮތީ ކައިޒީންގެ ބޮޑު ސިއްރެއް!
ދިވެހިރާއްޖޭގެ ސޯޝަލްމީޑިއާ އިންފުލުއެންޒާ ފާތިމަތު ޒަޔާން (ކައިޒިން) ގެ އުފަން ދުވަސް ފާހަގަކުރަން ހަވާއެރުވި މަންޒަރު ބަލަން އެތައް ސަތޭކަ ބަޔަކު ރޭ ވަނީ ނުކުމެފައެވެ.
Advertisement

ކައިޒީންއަކީ ދިވެހިރާއްޖޭގެ ސޯޝަލް މީޑިއާ އިންފުލުއެންޒާސް ތަކުގެ ތެރެއިން އެންމެ ބޮޑު ފޭން ބޭސްއެއް އޮތް ކުއްޖާއެވެ. 

ކައިޒީންގެ އިންސްޓަގުރާމުގައި އެކަނިވެސް 141،000 ފޮލޯވަރުން އެބަތިއްބެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޓުވިޓާ ފޮލޯވަރުންނަށްވުރެ ވެސް ގިނަ އަދަދެކެވެ. 

ފާއިތުވީ ތިން ހަތަރު އަހަރަކު ކައިޒީން ވަނީ އޭނާގެ ފޮލޯވަރުންނަށް އޭނާގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ސަޕްރައިޒްތައް ދީފައެވެ. އޭގެ ތެރޭގައި ބުރިޖު ހަލީފާއިން ފެށިގެން ގޮސް ތާޖު މަހަލާއި ހަމައަށް ވެސް ކައިޒީން ވަނީ އެނާގެ އުފަން ދުވަސްތައް ފާހަގަ ކުރުމަށް ދަތުރުކޮށްފައެވެ. އެންމެ ފަހުން ރޭ ކައިޒީން ވަނީ އަނެއްކާވެސް އެނާގެ ފޭނުންނަށް ސަޕްރައިޒްއެއް ދީފައެވެ. އެއީ އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ހަ މިނެޓު ވަންދެން ހަވާ އަރުވައިގެންނެވެ. 

އެތައް ސަތޭކަ ބަޔަކު ކައިޒީންގެ އުފަންދުވަހުގެ ހަފްލާގައި ބައިވެރިވާން ދިޔައެވެ. ރަންހެދުމުގައި ހުރި ރާނީއެއް ފަދައިން ކައިޒީން އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ކޭކު ފަޅަމުން ދިޔަ އެއްވެތިބި މީހުންގެ ސަޕޯޓުގެ އަޑު ނުކެނޑެއެވެ. ކައިޒީން ކޭކު ފަޅަން ދިޔައީވެސް ސެކިއުރިޓީ ގާޑުންގެ ޓީމެއް ގޮވައިގެންނެވެ. 

ބޮޑު ސިއްރަކީ ކޮބާ؟

ނަމަވެސް ސުވާލަކީ ކޭކު ފަޅަން ގޮސް ތިބި މީހުންނާއި ކައިޒީންގެ ގިނަ ފޭނުންނަށް ވެސް ސިއްރުކޮށްފައިވާ ކަމެއް އެބައޮތެވެ. އެއީ އޭނާގެ އުމުރެވެ. ކައިޒީންގެ ބޮޑެތި ބިޔަ ކޭކުތަކުގައިވެސް އޭނާގެ އުމުރެއް ނުޖަހައެވެ. އަދި އޭނާގެ ފޭނުންވެސް ކައިޒީން ބަލައިގަންނަނީ އޭނާގެ އުމުރަށް ބަލައިގެނެއް ނޫނެވެ.

ނޫސްތަކުގައި ހަބަރުތައް ގެނެސްދޭއިރުވެސް ކައިޒީންގެ އުމުރެއް ގެނެސްފައެއް ނުހުރެއެވެ. މިހެންކަމުން މިއަދު ކައިޒީންގެ އެންމެ ބޮޑު ސިއްރުތަކުގެ ތެރެއިން އެއް ސިއްރު ނުހަނު މައާފާއެކު ހާމަކޮށްލާނަމެވެ. ޅ ނައިފަރު، ހަވީރީހިޔާ ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒިން) އަށް މިއަދު ފުރުނީ 29 އަހަރެވެ. ކައިޒީން އުފަންވީ 30 މާޗް 1994 ގައެވެ.

 

36%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް