ads
އެސްއޯއީތަކުގެ ބައެއް އިސްވެރިން: އެސްއޯއީތަކުން މި އަހަރުގެ މިހާތަނަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 148 މިލިއަން ރުފިޔާ - ފޮޓޯ:ރައީސް އޮފީސް
އެސްއޯއީތަކުން ދައުލަތަށް ފައިދާގެ ގޮތުގައި ލިބުނީ 148 މިލިއަން ރުފިޔާ
އެސްއޯއީތަކުން ދައުލަތަށް މި އަހަރުގެ މިހާތަނަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 148 މިލިއަން ރުފިޔާ ކަމަށް ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އަހަރުގެ މިހާތަނަށް،

  • އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބިފައިވަނީ 148 މިލިއަން ރުފިޔާ
  • މި އަހަރު ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 1.1 ބިލިއަން ރުފިޔާ
  • މިހާތަނަށް ލިބިފައިވަނީ އަންދާޒާކުރި އަދަދުގެ 13 އިންސައްތަ

އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް މިދިޔަ އަހަރު ލަފާކުރި ނަމަވެސް، އަހަރު ނިމުނު އިރު ލިބިފައިވަނީ 736.4 މިލިއަން ރުފިޔާއެވެ.

އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ އަދަދުތަކަށް ބަލާއިރު،

  • އެމްއޭސީއެލުން 537 މިލިއަން ރުފިޔާ   
  • ދިރާގުން 250 މިލިއަން ރުފިޔާ
  • އެމްޑަބްލިއުއެސްސީން 100 މިލިއަން ރުފިޔާ

ސަރުކާރުން އެސްއޯއީގެ ގޮތުގައި 32 ކުންފުންޏެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ފައިދާ ވަނީ މަދު ކުންފުންޏަކުންނެވެ. މި އަހަރުގެ ބަޖެޓުގައި އެސްއޯއީތައް ހިންގުމަށް 760 މިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ކަނޑައަޅާފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް