ފޮރިން މިނިސްޓްރީން ބުނީ އޮމާނަށް ދިއުމަށް ދިވެހިން މިހާރު ކުރިއާލާ ވިސާ ނަގަން ނުޖެހޭނެކަމަށާއި އެގައިމަށް އެތެރެވާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.
އޮން-އެރައިވަލް ވިސާ ހޯދުމަށް މުއްދަތު ހަމަނުވާ ޕާސްޕޯޓާއި، ހޮޓެލް ބުކިންގެ އިތުރުން ހެލްތު އިންޝޫރެންސާއި ރިޓާން ޓިކެޓް އޮންނަންވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ކުރިއާލާ އޮމާނަށް ވިސާ ހޯދަން ނުޖެހޭއިރު، ދުނިޔޭގެ ގިނަ ގައުމުތަކަކަށް ދިވެހިންނަށް މިހާރު އޮން އެރައިވަލް ވިސާ ލިބެއެވެ.