ads
މީހަކު ބަބުލް ގަމެއް ކަނީ:
ފިލްމީ ތަރިއެއް ކައިފައި އޮތް ޗުވިންގަމެއް 7 ލައްކަ ރުފިޔާއަށް ވިއްކާލަނީ
މަޝްހޫރު ހޮލީވުޑްގެ ފިލްމީ ތަރި ރޮބަޓް ޑައުނީ ކައިފައި އޮތް ޗުވިންގަމެއް 770،000 (ހަތް ލައްކަ ހަތްދިހަ ހާސް) ރުފިޔާއަށް ވިއްކާލަން ނިންމައިފިއެވެ.

މި ޗުވިންގަމް ވިއްކާލުމަށް ޖަހާފައިވަނީ އީބޭގައެވެ. އީބޭގައި ޖަހާފައިވާގޮތުން އޭނާއަށް ވަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ރޮބަޓް ޑައުނީ ކައިފައިއޮތް ޗުއިންގަމެއް ލިބިފައެވެ. 

މި ޗުވިންގަމް ވިއްކާލަން ޖަހާފައިވާ މީހާ ބުނާގޮތުން އޭނާއަށް އެ ޗުއިންގަމް ލިބުނީ ހޮލީވުޑްގެ ވޯކް އޮފް ފޭމްއަށް ޑޮބަޓް ޑައުނީ މިދިޔަ ފެބްރުއަރީ މަހު ކުރި ޒިޔާރަތެއްގެ ތެރެއިން ކައިފައި އެއްލާލި ޗުވިންގަމެއް ކަމަށެވެ. 

your imageރޮބަޓް ޑައުނީ

އެމީހާ ޗުވިންގަމް އެންމެ ފުރަތަމަ ވިއްކަން ޖަހާފައިވަނީ 40،000 އެމެރުކާ ޑޮލަރަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ އޭގެ އަގު 50،000 މެރިކާ ޑޮލަރަށް އަގު އުފުލާފައެވެ.  

ރޮބަޓް ޑައުނީ ގިނަބައެއްގެ ސަމާލުކަމާއި ސަޕޯޓު ހޯދީ 2008 ވަނަ އަހަރު "އަަޔަން މޭން 1" ކުޅެގެންނެވެ. އޭގެ ފަހުން އަޔަން މޭންގެ ސީކުއެލްތަކާއި، މާވެލްގެ ސީރީޒްތަކުން ވެސް އަޔަން މޭންގެ ގޮތުގައި ފެންނަނީ ޑައުނީ އެވެ. މީގެ އިތުރުން މަޝްހޫރު ޑިޓެކްޓިވް ފިލްމު "ޝާލޮކްހޯމްސް" އިން ވެސް އޭނާ ފެނުނެވެ.  

22%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް