އީގަލްސް: ދަ ގްރާންޑޭ މެޗުން ވެޓަރަންސް ލީގު މިއަދު ފަށަނީ
ސްޕޯޓްސް ޓީމް
31 މާރޗް 2023 - 14:56:30
ވެޓެރަންސް ކުޅުންތެރިންނަށް ހާއްސަކޮށްގެން ރޯދަ މަހު ބާއްވާ ވެޓެރަންސް ލީގު، ފުޓްބޯޅަ މުބާރާތުގެ މި ފަހަރުގެ މުބާރާތް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗުން މިއަދު ފަށާނެއެވެ.
މި ފަހަރުގެ ވެޓެރަންސް މުބާރާތުގައި 11 ޓީމު ބައިވެރިވެއެވެ. މިފަހަރު މުބާރާތުގައި 11 ޓީމެއް ތިން ގުރޫޕަކަށް ވަނީ ބަހާލާފައެވެ.
މުބާރާތުގެ ކުޅުން ބުރާސްފަތި ދުވަހު ފަށާއިރު، މުބާރާތުގެ ކުއާޓާ ފައިނަލު މެޗުތަށް ކުޅުމަށް ހަމަޖެހިފަވަނީ އަންނަ މަހު 14 އަދި 15 ވަނަ ދުވަހުއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހު 19 ވަނަ ދުވަހުއެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ހުޅުމާލޭ ވެޓްރެންސް ކުލަބް، މޯލްޑިވިސް ސޮކާ މޭޓްސް، ނިއުރޭޑިއަންޓް، ކުލަބް އީގަލްސް، ބުރު ސްޕޯޓްސް ކުލަބު، ކުލަބް ގްރީން ސްޓްރީޓްސް، ހުއްރިއްޔާ ސްޕޯޓްސް ކުލަބް، ދަ ގްރާންޑޭ، ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ސްޓެލްކޯ އެވެ.
މާފަންނު އެއްނަންބަރު ޓާފް ދަނޑުގައި މުބާރާތުގެ މެޗުތަށް ކުރިޔަށްދާނީ ހަވީރު 16:30 ން ފެށިގެންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް