ފޮރިން މިނިސްޓްރީން ބުނީ، ބަންގްލަދޭޝްގެ ސަރުކާރުން ހުއްދަދީފައިވާ ތައުލީމީ މުއައްސަސާތަކުގައި ކިޔަވަމުންދާ އަދި އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދިވެހިރާއްޖޭގެ ދަރިވަރުންނަށް އެދަރިވަރުންގެ ކޯހުގެ މުއްދަތު ފުރިހަމަވަންދެން ދިގު މުއްދަތުގެ ވިސާ ދިނުމަށް މިންމާފައިވާ ކަމަށެވެ.
މިއީ ބަނގުލަދޭޝްގައި ކިޔަވާ އަދި އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދަރިވަރުންނަށް ލިބިގެންދާނެ ލުއިފަސޭހައަކަށް ވާނެކަމެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އަދި އެޤައުމަށް ކިޔަވަންދިއުމަށާއި އިންޓާންޝިޕް ފުރިހަމަކުރުމަށްދާ ދަރިވަރުންނަށް ވެސް ލިބޭނެ ލުއި ފަސޭހައަކަށް ވާނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ބަނގުލަދޭޝްއަކީ މެޑިސިން ކިޔަވާ ކުދިންނާއި އެދާއިރާއިން އިންޓާންޝިޕް ފުރިހަމަކުރާ ދަރިވަރުން ގިނަ އަދަދަކަށްދާ ގައުމެކެވެ.