ads
ކައިޒީން
މިފަހަރު އޮތީ ކައިޒީންގެ ސެކިއުރިޓީ ވަރުގަދަ ވާހަކަ!
ދިވެހިރާއްޖޭގެ ސޯޝަލްމީޑިއާ އިންފުލުއެންޒާ ފާތިމަތު ޒަޔާން (ކައިޒިން) ގެ އުފަން ދުވަސް ފާހަގަކުރަން ހަވާއެރުވި މަންޒަރު ބަލަން އެތައް ސަތޭކަ ބަޔަކު ނިކުތެވެ.

ހަ މިނެޓަށް ކުރިއަށްދަ ހަވާ އެރުވުމުގެ މި ހަރަކާތް 29 ވަނަ ދުވުގެ ރޭ މެންދަމު 00:00 ގައި ބާއްވާފައިވަނީ މާލެ ސިޓީ، އުސް ފަސްކަނޑާ ދިމާލުން ދަރުބާރުގޭ ފުރަގަހުން ކަނޑުގެ ސަރަހައްދުގައެވެ.

އެހަރަކާތް ބަލާލަން ދިޔަ މީހުންގެ ލޮލުގައި ހަވާގެ މަންޒަރުތަކާއި، ކައިޒީންގެ ހެދުމާއި އުފަންދުވަހުގެ ކޭކުގެ އިތުރުން އަޅައިގަތީ ކައިޒީންގެ ސެކިއުރިީގެ ވަރުގަދަ ކަމެވެ.

ކައިޒީންގެ ސެކިއުރިޓީއަށް ބޮޑު ޓީމެއް ތިބިއިރު ހަރަކާތައްފަހު ކައިރީން ކާރަށް އަރަން އަންނައިރުވެސް ސެކިއުރިޓީ ޓީމް ވަރަށް ހުޝިއާރުކަމާއެކު ހަރަކާތްތެރި ވެއެވެ.

ކައިޒީން ކާރަށް އަރަން އަންނަ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކޮށް ބައެއް މީހުންވަނީ އެވަރުގެ ސެކިއުރިޓީއެއް ކައިޒީން ހޯދީ ކޮންތާކުންތޯ ސުވާލުވެސް ކޮށްފައެވެ. ބެލެވޭ ގޮތުގައި ކައިޒީން ކައިރީ ތިބީ ޕްރައިވެޓް ސެކިއުރިޓީ ފާމެއްގެ ސެކިއުރިޓީންނެވެ.

ކޮމެންޓްކުރި ބައެއް މީހުންވެސް ވަނީ އެއީ ޕްރައިވެޓް ސެކިއުރިޓީ ފާމެއްގެ ސެކިއުރިޓީން ކަމަށް ބުނެފައެވެ. އަދި ފައިސާ ހުރިއްޔާ އެވަރުގެ ސެކިއުރިޓީއެއް ހޯދިދާނެކަމަށްވެސް ކޮމެންޓްކުރި ބައެއް މީހުން ބުނެފައި ވެއެވެ.

15%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
52%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް