ads
ފްރާންސްގެ މުސްލިމް ބައެއް ކުޅުންތެރިން
ރޯދަ ވީއްލަން މެޗު ހުއްޓާލަން ފްރާންސް ފެޑެރޭޝަން ދެކޮޅު
ފްރާންސްގެ ފުޓްބޯޅަ ލީގުތަކުގައި، މުސްލިމް ކުޅުންތެރިން ރޯދަ ވީއްލުމަށް މެޗު މެދު ކަނޑާލުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ދެކޮޅު ހަދައިފިއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން ފްރާންސްގެ ފުޓްބޯޅަ ލީގުތަކުގެ ބައެއް މެޗުތަކުގައި ރެފްރީން ވަނީ ރޯދަ ވީއްލަން ފުރުސަތު ދިނުމުގެ ގޮތުން މެޗުގެ ކުޅުން މެދުކަނޑާލައި، ކުޑަ ވަގުތު ކޮޅެއް ދީފަ އެވެ. 

މިކަން އޮތީ ފްރާންސް ފުޓްބޯޅަ ފެޑަރޭޝަނަށް ފާހަގަވެ އެކަން އެ ގޮތަށް ނުކުރުމަށް ރެފްރީންވަނީ އަންގާފައެވެ. މި ގޮތަށް އަންގައި، ފެޑެރޭޝަނުން ބުނެފައިވަނީ ރޯދަ ވީއްލަން މެޗުތަކުގެ ކުޅުން މެދުކަނޑާލުމަކީ ފްރާންސްގެ ފުޓްބޯޅައިގެ ގަވައިދުތަކާ ހިލާފު ކަމެއް ކަމަށެވެ.

ފްރާންސަކީވެސް ގިނަ އަދަދެއްގެ މުސްލިމް ކުޅުންތެރިން ކުޅެމުން އަންނަ ގައުމެވެ. ފްރާންސްގެ ގައުމީ ޓީމުގައިވެސް މުސްލިމް ކުޅުންތެރިން ހިމެނެއެވެ. 

ފްރާންސްގައި ރޯދަ ވީއްލަން މެޗު މެދު ކަނޑާލަން އެ ގައުމުގެ ފެޑެރޭޝުން ދެކޮޅު ހެދިއިރު، ޕްރިމިއަރ ލީގުންވަނީ މެޗުގައި ރޯދަ ހިފާ ކުޅުންތެރިންނަށް ރޯދަ ވީއްލަން ފުރުސަތު ދޭން މެޗު މެދު ކަނޑާލަން ރަސްމީކޮށް އަންގާފައެވެ.

ޕްރިމިއަ ލީގުގައި ރޯދަ ވީއްލާ ވަގުތާ ދިމާކޮށް ކުޅޭ މެޗުތަކުގައި މުސްލިމު ކުޅުންތެރިން ރޯދަ ވީއްލަން ބްރޭކެއް ދިނުމަށް މެޗުގެ ރެފްރީންނަށްވެސް ވަނީ އިރުޝާދު ދީފައެވެ.
މެޗުގެ ކުރިން ރޯދައަށް ތިބި ކުޅުންތެރިންގެ މައުލޫމާތު ހޯދުމަށްވެސް ޕްރިމިއަރ ލީގުންވަނީ ރެފްރީންނަށް އިރުޝާދު ދީފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.  

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް