ads
ދިއްތުނޑި: ފަތުރުވެރިކަމުގެ ބޭނުމަށް ދިއްތުނޑި ތަރައްގީކުރުމަށް ކޮޅުފުށި ކައުންސިލުން ވަނީ ހުޅުވާލާފައި - ފޮޓޯ:ގޫގްލް މެޕްސް
ދިއްތުނޑީގައި ފަތުރުވެރިކަމުގެ މަޝްރޫއެއް ފަށަނީ
މ. ކޮޅުފުށި އިހްތިސާސްގައި ހިމެނޭ ދިއްތުނޑި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކޮޅުފުށި ކައުންސިލުން ހުޅުވާލައިފިއެވެ.

ކޮޅުފުށި ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ދިއްތުނޑި ތަރައްގީކުރަން ހުޅުވާލަނީ އިންޓަގްރޭޓެޑް ޓުއަރިޒަމްގެ ކޮންސެޕްޓަށް ކަމަށެވެ. އެ އިއުލާނުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ދިއްތުނޑި ޑިޒައިންކޮށް، ތަރައްގީކުރުމާ އެކު ހިންގަން ޖެހޭނީ ބިޑު ކާމިޔާބުކުރާ ފަރާތަކުން ކަމަށެވެ.

ކޮޅުފުށި ކައުންސިލުން ބުނި ގޮތުގައި އެ ރަށް ތަރައްގީކުރުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ 13:30 އާ ހަމައަށް މަޝްރޫއަށް ޝައުގުވެރިވާކަން ބަޔާން ކުރާ ލިޔުން ހުށަހެޅުމުގެ ފުރުސަތު އެ ކައުންސިލުގެ ފަރާތުން ވަނީ ހުޅުވާލާފައެވެ.

ކޮޅުފުށި ކައުންސިލުން ބުނީ ޝައުގުވެރިކަން ހާމަކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 16 ވަނަ ދުވަހުގެ 13:30 ގައި ބާއްވާނެ ކަމަށެވެ. ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މެއި މަހުގެ 10 ވަނަ ދުވަހުކަމަށް އެ ކައުންސިލުން ބުނެއެވެ.

ކޮޅުފުއްޓާއި އެއްފަޅެއްގައި އޮންނަ ދިއްތުނޑިއަކީ ގާތްގަނޑަކަށް 10 ހެކްޓަރުގެ ރަށެކެވެ. މީގެކުރިން އެ ރަށް ދޫކޮށްފައި އޮތީ ވަރުވާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް