ބްރޫނޯ ފެނާންޑޭސްއަށް، މެދު ނުކެނޑި 300 ދުވަހު މެސެޖު ކުރި ސަޕޯޓަރަކަށް ވީޑިއޯ ކޯލެއް އޭނާ ހައިރާންކޮށްލި ވީޑިއޯ ފެނާންޑޭސްވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.
މި ވީޑިއޯ ކޯލްގައި ފެނާންޑޭސްވަނީ އޭނާގެ ހާލު އޮޅުން ފިލުވައި، މެދު ނުކެނޑި މެސެޖު ކުރަމުންދާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން ފެނާންޑޭސްވަނީ އޭނާއަށް ސަޕޯޓް ކުރާތީ ހަދިޔާއެއްގެ ގޮތުގައި ފެނާންޑޭސްގެ ޖޯޒީއެއް އޭނާއަށް ދޭނެ ވާހަކަ ބުނެ، އަދި އޯލްޑްޓްރެފަޑުގައި ކުޅޭ މެޗެއް ބަލަން ސްޓޭޑިއަމަށް އައުމަށް އޭނާއަށް ދައުވަތުދީފައެވެ.
ބްރޫނޯ ފެނާންޑޭސްގެ ވީޑިއޯ ކޯލާއެކު ސަޕްރައިޒްވެފައި ހުރި މި ސަޕޯޓަރުވަނީ މެޗެއް ބެލުމަށް ދިޔުމަށް ދިން ދައުވަތު ގަބޫލުކޮށް މެޗު ބަލަން ދާނެ ކަމަށް ބުނެފައެވެ.