ads
ސަން ސިޔާމް އަދި ރައީސް ޔާމީން
ފުއްގިރީގެ ސަން ކުންފުނި އަދި ރިޒާގެ އިސްތިއުނާފު މިއަދު
އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް އަދި މއ. ކުރިކީލަހިޔާ ކްރިކް އަހްމަދު ރިޒާގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި އެ ކުންފުނީގެ ފަރާތުން އަދި ކްރިކް ރިޒާގެ ފަރާުން ހެކި ރައްކާތެރިކުރުމަށް އެދި ހުށަހަޅި ހުށަހެޅުންތަކުގެ އިސްތިއުނާފު ހައިކޯޓުގައި މިއަދު ފަށަން ތާވަލުކޮށްފިއެވެ.
Advertisement

މީގެ ތެރެއިން ކްރިކް ރިޒާގެ މައްސަލަ ފަށަން މިއަދު މި ތާވަލު ކުރީ އަލަށެވެ. ސަންގެ ދެ ކުންފުނީގެ މައްސަލަ މިދިޔަ ހަފްތާގައިވެސް ހައިކޯޓުގައި ހިންގަން ތާވަލު ކުރިނަމަވެސް މިދިޔަ ހަފްތާގެ މައްސަލަވަނީ ކެންސަލްކޮށްފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި އެ ކުންފުނީގެ ފަރާތުން ހެކި ރައްކާތެރިކުރުމަށް އެދި ހުށަހަޅި ހުށަހެޅުންތަކުގެ އިސްތިއުނާފު ހައިކޯޓުގައި ފަށަން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 10:30 ގައި ކަމަށް ހައިކޯޓުގެ ކަލަންޑަރުން ދައްކައެވެ. 

ކްރިކް ރިޒާގެ މައްސަލަ އޮތީ 11:30 ގައެވެ. މި މައްސަލަތައް ހައިކޯޓުގައި ކުރިއަށް ގެންދަން ނިންމާފައިވަނީ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރާ މައްސަލައިގައި، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅިގެން ރައީސް ޔާމީންވެސްވަނީ އެމަނިކުފާނުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. 

ޔާމީންގެ މައްސަލައިގެ އަޑު އެހުންތައް ހައިކޯޓުންވަނީ މިދިޔަ ހަފްތާގައި ނިންމާލާފައެވެ. އަދި ދަށު ކޯޓުގައި އޮތް ފުއްގިރި މައްސަލަ މަޑު ޖައްސާލަން ހައިކޯޓުންވަނީ އަމުރުކޮށްފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް