ads
ބުރުގެ ޕްރެކްޓިހުގައި ސާއިފް
ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބުރު ޕްރެކްޓިސް ފަށައިފި
ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، އެއްވަނަ ޑިވިޝަނުން ފުރުސަތު ހޯދި ބުރު ސްޕޯޓްސް ކްލަބު، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ފަށައިފިއެވެ.

މުޅިން އަލަށް އެއްވަނަ ޑިވިޝަނުގައި ވާދަކުރާ ބުރު ސްޕޯޓްސް ޕްރެކްޓިސް ފެށީ ރާއްޖޭގެ ފުޓްބޯޅައިގައި ތަޖުރިބާރު ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުންނެވެ. ނިޒާމްބެއަކީ ޓީސީއާއެކު ދިވެހި ލީގު ކާމިޔާބު ކުރުމުގެ އިތުރުން، ބަންގްލަދޭޝްގައި އޮތް ބައިނަލް އަގްވާމީ ފުޓްބޯޅަ މުބާރާތެއް ޓީސީއާއެކު ކާމިޔާބުކުރި ކޯޗެކެވެ.

ބުރު ސްޕޯޓްސް ޕްރެކްޓިސް ފެށުމާއެކު އެ ޓީމުވެފައިވަނީ މާދަމާ ފަށާ ސީޒަނަށް ޕްރެކްޓިސް ފެށި ތިންވަނަ ޓީމަށެވެ. މާދަމާރޭ ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާއިރު، ބުރުގެ ކުރިން ޕްރެކްޓިސް ފެށީ މާޒިޔާ އަދި އީގަލްސް އެކަންޏެވެ.

އެއްވަނަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ބުރު، އެ ޓީމުގެ ޕްރެކްޓިސް ފެށިއިރު، އެ ކްލަބުގައި އާ ބައެއް ކުޅުންތެރިންވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ޑިފެންޑަރު މުހައްމަދު ސާއިފް ހިމެނެއެވެ. އަދި މިދިޔަ ސީޒަނުގައި ކްލަބް އީގަލްސް އަށް ކުޅުނު މުހައްމަދު ނާއިމް އާއި ޒުވާން ކީޕަރު، ޝައިހާން އަލީވެސް ބުރުގެ ޕްރެކްޓިހުގައި ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް