ads
ތ ހިރިލަންދޫ އިން ރައީސްއަށް މަރުހަބާ ދަންނަވަން ނިކުމެފައިވާ ބައެއް
މޫނޫ ބުރުގާ އެޅުމާއި ބެހޭގޮތުން ވަކި އެންގުމެއް ނާންގަން: އެޑިއުކޭޝަން
މޫނު ބުރުގާ އެޅުމާއި ބެހޭގޮތުން މިފަހަކުން ވަކި ހާއްސާ އެންގުމެއް އަންގާފަ ނުވާނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް މޫނުބުރުގާ އަޅައިގެން ސްކޫލްތަކަށް ކުދިން ދިއުން މަނާކޮށް އެކަން ސްކޫލްތަކަށް އަންގާގައިވާކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ، ސްކޫލްތަކަށް ދަރިވަރުން ފޮނުއްވުމުގައި ސްކޫލްތަކުުގެ ޔުނިފޯމް ކޯޑް އާއި އެއްގޮތަށް އަމަލުކުރުމަށް އަބަދުވެސް އަންގަމުންދާ ކަމަށެވެ. 

އެހެންނަމަވެސް ވަކިން ހާއްސަކޮށް މޫނުބުރުގާ އަޅައިގެން ސްކޫލަށް ދިއުން ހުއްޓުވަން ނުވަތަ އެކަމާއި ބެހޭގޮތުން ވަކި ހާއްސަ އެއްވެސް އެންގުމެއް އަންގާފަ ނުވާނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

"މިފަހަކުން ތިކަމާއި ބެހޭގޮތުން (މޫނު ބުރުގާ އެޅުމާއި ބެހޭގޮތުން) ވަކިއެއްޗެއް ނާންގާ. އެކަމަކު ހުރިހާ ދަރިވަރުންވެސް ސްކޫލްތަކަށް ހާޒިރުވާންޖެހޭނީ ޔުނިފޯމް ކޯޑް އާއި އެއްގޮތަށް" - އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލް

ނިމުނު ހަފްތާތެރޭގަ އަރަބިއްޔާ ސްކޫލްގައި ކިޔަވާ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރުވި ހަބަރާއި، މޫނުބުރުގާ އަޅައިގެން އުޅޭ ޓީޗަރުން ކްލާސްތަކަށް ވަންނަމުން މޫނު ނެގުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން އަންގާފައިވާ ކަމަށް ބުނެ، ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. 

މިކަމާއި ގުޅިގެން ސޯޝަލްމީޑިއާގައި އާއްމުންގެ ފާޑުކިއުންތައް ވަރަށް ބޮޑަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވިކަން ފާހަގަކޮށްލެވެއެވެ. މީގެތެރޭގައި، ކޮވިޑް 19 ގެ ދުވަސްވަރު، މާސްކްއަޅައިގެން ސްކޫލްތަކަށް ދިއުން އަދި ބޭރަށް ނިކުތުން މަޖުބޫރުކުރިއިރު، މާސްކް އެޅުމާއި މޫނުބުރުގާ އެޅުމާއި ހުރި ތަފާތަކީ ކޮބައިތޯ އަހާ ސުވާލުކޮށްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް