ads
ހައިޝަމް ފުރުމުގެ ކުރިން އެއަަޕޯޓުގައި
ހޭންޑްބޯލް ކޯޗު ހައިޝަމް ޓްރެއިނިންއަށް ހަންގޭރީއަށް
އިންޓަނޭޝަނަލް ހޭންޑްބޯލް ކޯޗިން ކޯހުގައި ބައިވެރިވުމަށް ހޭންޑްބޯލް ކޯޗު އިބްރާހިމް ހައިޝަމް އަބްދުﷲ ހަންގޭރީގެ ބުޑަޕެސްޓަށް ފުރައިފިއެވެ.

މާދަމާއިން ފެށިގެން ޖޫން މަހު ދެ ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހައިޝަމް ހޯދައިދިނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންނެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަންގޭރީގެ ޔުނިވާސިޓީ އޮފް ސްޕޯޓްސް ސައިންސްގައި ކުރިއަށްދާ މި ކޯހުގައި ކޯޗިންގެ ބޭސިކުން ފެށިގެން ސްޕޯޓްސް ސައިންސާއި ގުޅޭ ގިނަ ކަންތައްތަކެއްވެސް ދަސްކޮށްދެވޭނެ އެވެ. މީގެ ކުރިންވެސް ދިވެހި ކޯޗުންނަށް އޮލިމްޕިކް ކޮމިޓީ މެދުވެރިވެގެން ހަންގޭރީގައި ތަމްރީންވުމުގެ ފުރުސަތު ހޯދައިދީފައިވެއެވެ.

ައިޝަމް ވަނީ ހޭންޑްބޯލް މޯލްޑިވްސް އުފެދިގެން އެ އެސޯސިއޭޝަންގެ މަސައްކަތްތައް 2013 ގައި ފެށިގެން ކުރިއަށްދިޔައީސުރެ އެކި ގޮތް ގޮތުން އެސޯސިއޭޝަންގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ސްކޫލް ލެވެލްގެ ޓީމްތަކުން ފެށިގެން ގައުމީ ފެންވަރުގެ ޓީމްތަކާއި ގައުމީ ޓީމްތަކުގައި ވެސް ހައިޝަމް ވަނީ މަސައްކަތްކޮށްފަ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް