ads
ހުޅުމާލެ -- ފޮޓޯ: އެޗްޑީސީ
ދައުރުވަނީ މާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓެއް ނޫން: ސަރުކާރު
ހުޅުމާލޭ ފޭސް 2 އިން ގޯތިލިބޭ މީހުންގެ ލިސްޓެއްކަމަށް ބުނެ ދައުރުވަމުންދަނީ ފޭސް 2 ގެ ލިސްޓެއްކަމަށް ބުނެ، ސައްހަ ލިސްޓެއް ނޫންކަމަށް ސަރުކާރުން ބުނެފިއެވެ.

ހުޅުމާލެ ފޭސް 2 އިން ގޯތިދޭ މީހުންގެ ލިސްޓްކަމަށް ބުނެ އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ލިސްޓެއް އާއްމުކުރަމުން ދާއިރު، ލިސްޓުން ފެންނަނީ މުޅިންވެސް ޅ ހިންނަވަރުގެ މީހުންނާއި، އެމީހުންނަށް ލިބިފައިވާ ޕޮއިންޓެވެ.

ލިސްޓް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުންދާ މީހުން ބުނީ، ހުޅުމާލެ ފޭސް 2 އިން ގޯތިދެނީ ހިންނަވަރު މީހުންނަށް ކަމަށެވެ. ޅ ހިންނަވަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަށެވެ.

ލިސްޓާ ގުޅޭގޮތުން ސަރުކާރުގެ އޮފިޝަލަކު މިއަދު "ސީއެމްއެމް" އަށް ވިދާޅުވީ، ދައުރުވަމުން ދަނީ ފޭސް 2 އިން ގޯތިދޭ މީހުންގެ ލިސްޓެއް ނޫންކަމަށާއި ލިސްޓަށް ބަލާލުމުންވެސް އެކަން އެނގޭކަމަށެވެ. އަދި ލިސްޓަށް ބަލާލުމުން ބޮޑަށް ބެލެވެނީ އެއީ ހިންނަވަރުން ގޯތިދޭ މީހުންގެ ލިސްޓެއްކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"މާލޭ ސަރަހައްދުން ގޯތި ލިބުމުގެ ޝަރުތަކަށް މާލޭ ރައްވެއްސަކަށް ވާންޖެހޭ، ލިސްޓަށް ބަލާލުމުން އެނގޭ ހިންނަވަރު ކައުންސިލުން ގޯތި ދޫކުރުމަށް ހުޅުވާފައިވާ، އެކަމާގުޅޭ ލިސްޓެއްކަން އެނގޭ" - އޮފިޝަލް

މާލޭ ގޯތިދޭ މީހުންގެ ލިސްޓްކަމަށް ބުނެ، ލިސްޓެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، މާލޭން ގޯތި އަދި ފްލެޓް ލިބޭ މީހުންގެ ލިސްޓް އަދި އެކުލަވާލާ ނުވެސް ނިމެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް