ads
ރާއްޖޭގެ ރަށަކަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ސޯލިހް މުނުބުރުގާ އެޅި ކަނބަލުން ތަކަކާ ވާހަކަ ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް
މޫނު ބުރުގާ މައްސަލަ އެންމެ ފަހުން ކޯޓަށް ހުށަހަޅައިފި
މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުން އެޑިއުކޭޝަނުން މަނާކޮށްފިކަމަށް ބުނެ، އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
Advertisement

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މޫނު ނިވައިކޮށްގެން ސްކޫލަށް ދިއުމަށް ސްކޫލުން ދީފައިވާ ހުއްދައަކާއެކު އެ ގޮތަށް ސްކޫލަށް ދަނިކޮށް، މިދިޔަ މަހުގެ ފަހުކޮޅު ގެޒެޓްނުކޮށް އެޑިއުކޭޝަނުން އެންގި އެންގުމަކާ ގުޅިގެން އަރަބިއްޔާ ސްކޫލު ކުދިންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭ ކަމަށް ބުނެ އެކަން ހައްލުކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ރެހެންދި ޗެމްބާސް ލޯ ފާމް މެދުވެރިކޮށެވެ. 

އެ ލޯފާމްގެ ފަރާތުން މި މައްސަލަ ހުށަހެޅީ ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރުއެވެ.

މައްސަލަ ހުށަހެޅުމަށް ފަހު އާޒިމާ ސޮއިކުރައްވައި ރެހެންދި ޗެމްބާސްގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، މައްސަލަ ވަކި ގޮތަކަށް ނިމެންދެން، އަރަބިއްޔާގެ ދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުން މަނާ ނުކުރެވޭނެ ކަމަށް ވަގުތީ އަމުރަކަށްވެސް އެދިފައިވާނެ ކަމަށެވެ.

މޫނު ބުރުގާ މައްސަލަ ހޫނުވެ، އެންމެ ފަހުން އެ މައްސަލަ ޝަރީއަތާ ހިސާބަށް ދިޔައިރު، މޫނު ބުރުގާ އެޅުމާއި ބެހޭގޮތުން މިފަހަކުން ވަކި ހާއްސާ އެންގުމެއް އަންގާފަ ނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދުވަނީ ބުނެފައެވެ. 

ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް މޫނުބުރުގާ އަޅައިގެން ސްކޫލްތަކަށް ކުދިން ދިއުން މަނާކޮށް އެކަން ސްކޫލްތަކަށް އަންގާގައިވާކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ، ސްކޫލްތަކަށް ދަރިވަރުން ފޮނުއްވުމުގައި ސްކޫލްތަކުގެ ޔުނިފޯމް ކޯޑް އާއި އެއްގޮތަށް އަމަލުކުރުމަށް އަބަދުވެސް އަންގަމުންދާ ކަމަށެވެ. 

އެހެންނަމަވެސް ވަކިން ހާއްސަކޮށް މޫނުބުރުގާ އަޅައިގެން ސްކޫލަށް ދިއުން ހުއްޓުވަން ނުވަތަ އެކަމާއި ބެހޭގޮތުން ވަކި ހާއްސަ އެއްވެސް އެންގުމެއް އަންގާފަ ނުވާނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

"މިފަހަކުން ތިކަމާއި ބެހޭގޮތުން (މޫނު ބުރުގާ އެޅުމާއި ބެހޭގޮތުން) ވަކިއެއްޗެއް ނާންގާ. އެކަމަކު ހުރިހާ ދަރިވަރުންވެސް ސްކޫލްތަކަށް ހާޒިރުވާންޖެހޭނީ ޔުނިފޯމް ކޯޑް އާއި އެއްގޮތަށް" ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް