ads
ރޯދަ މަހުގެ ނިޔަލަށް، ސްކޫލް ކުދިންނަށް ހާއްސަ ކުރެވިފައިވާ ބަހެއް ހިޔާ ފްލެޓު ސްޓޮޕް އެކެއްގައި އޮންނާނެ - ފޮޓޯ:އެމްޓީސީސީ
ރޯދަމަސް ނިމެންދެން ސްކޫލް ކުދިންނަށް ހާއްސަ ބަހެއް ހިޔާ ސްޓޮޕް 1 އިން
ރޯދަ މަހުގެ ނިޔަލަށް، ސްކޫލް ކުދިންނަށް ހާއްސަ ކުރެވިފައިވާ ބަހެއް ހިޔާ ފްލެޓު ސްޓޮޕް އެކެއްގައި އޮންނާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ރޯދަ މަހުގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސް ނޫން ދުވަސްތަކުގައި، R7 އަދި R8 މި ދެ ރޫޓުގައި ސްކޫލް ކުދިންނަށް ހާއްސަކުރެވިފައިވާ ބަހެއް ހެނދުނު 08:05 ގައި ދަތުރުކުރުމަށް ހިޔާ ފްލެޓު ސްޓޮޕް އެކެއްގައި 07:50 އިން ފެށިގެން ތައްޔާރަށް އޮންނާނެ ކަމަށެވެ.

މި ބަސްތަކުގައި ދަރިވަރުންގެ އިތުރުން ކޮންމެ ކުއްޖަކާ އެކު އެއް ބެލެނިވެރިއަކަށް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް