ads
ރޯދަ މަހުގެ ނިޔަލަށް، R6 ރޫޓުގައި ސްކޫލް ކުދިންނަށް ހާއްސަކުރެވިފައިވާ ބަސްތަކެއް އޮންނާނެ - ފޮޓޯ:ހުރިހާ
ރޯދަމަސް ނިމެންދެން ރޫޓް ހައެއްގައި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް
ރޯދަ މަހުގެ ނިޔަލަށް، R6 ރޫޓުގައި ސްކޫލް ކުދިންނަށް ހާއްސަކުރެވިފައިވާ ބަސްތަކެއް އޮންނާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ރޯދަ މަހުގެ ނިޔަލަށް، R6 ރޫޓުގައި ސްކޫލް ކުދިންނަށް ހާއްސަކުރެވިފައިވާ މި ބަސްތައް ހުޅުމާލެ ދެވަނަ ފިޔަވަހިން ދަތުރުކުރާނީ ހުޅުމާލެ ފިޔަވަހި އެކެއްގެ ސިންތެޓިކް ޓްރެކް ސްޓޮޕަށާއި އަމީން އެވެނިއު ސްޓޮޕްގެ އިތުރުން ފްލެޓް 120 ސްޓޮޕަށް އެކަނި ކަމަށެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ ރޯދަ މަހުގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސް ނޫން ދުވަސްތަކުގައި، R7 އަދި R8 މި ދެ ރޫޓުގައި ސްކޫލް ކުދިންނަށް ހާއްސަކުރެވިފައިވާ ބަހެއް ހެނދުނު 08:05 ގައި ދަތުރުކުރުމަށް ހިޔާ ފްލެޓު ސްޓޮޕް އެކެއްގައި 07:50 އިން ފެށިގެން ތައްޔާރަށް އޮންނާނެ ކަމަށެވެ.

މި ބަސްތަކުގައި ދަރިވަރުންގެ އިތުރުން ކޮންމެ ކުއްޖަކާ އެކު އެއް ބެލެނިވެރިއަކަށް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް