ads
އުމަރު އަދި ނާޒިމް
އުމަރާއި ނާޒިމް އެހެން ކެންޑިޑޭޓެއްގެ ފަހަތަށް ނާރާނެ!
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެހެން ކެންޑިޑޭޓެއްގެ ފަހަތަށް ނާރާނެކަމަށް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވަނީ މި ދެބޭފުޅުންނަށްވެސް ކޯލިޝަން ދައުވަތު ފޮނުވާފައެވެ.

ގާސިމްގެ ދައުވަތާއި ގުޅިގެން ދެއްވި ޖަވާބުގައި އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރާނެ ކަމަށެވެ. އަދި އޭނާއަކީ މީހެއްގެ "ފޮލޯވަރެއް ނޫން" ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މީގެކުރިން ސީއެންއެމްއަށް ދެއްވި އިންޓަވިއުއެއްގައިވެސް އުމަރުވަނީ ރިޔާސީ ރޭހުގައި އެހެން ކެންޑިޑޭޓެއްގެ ފަހަތަށް ނާރާނެކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބުގައި ދެވަނަ ބުރަކަށް ދާންޖެހި ދެވަނަ ބުރުގައި ވާދަ ކުރެވޭނެ ފުރުސަތު ނެތް ކަމަވެސް ވަޑައިގަންނަވާނީ "ގެއަށް" ކަމަށް އުމަރު ވިދާޅުވިއެވެ.

ގާސިމްގެ ދައުވަތާއި ގުޅިގެން ނާޒިމްގެ އެމްއެންޕީގެ އެކްސްކޯއިންވެސް އިއްޔެ ނިންމާފައިވަނީ ރިޔާސީ އިންތިހާބުގައި އެހެން ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް