ލޯރާ އަކީ ރީޓެއިލް ފައިނޭންސިންގެ ރޮނގުން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ އަދި ކަސްޓަމާ އެކްސްޕީރިއަންސް، އޮޕަރޭޝަންސް އާއި ބިޒްނަސް ޓްރާންސްފޮމޭޝަންގެ ދާއިރާގެ ސްޕެޝަލިސްޓެކެވެ.
ލޯރާގެ ކެރިއަގައި އޭނާ ވަނީ މާލީ ދާއިރާގެ ހިންގެވުމުގައި އިސް މަގާމްތަކެއް ފުރުއްވާފަ އެވެ. އެގޮތުން އޭނާ ވަނީ ބަކްލޭސް ބޭންކުގެ ރީޓެއިލް އެންޑް ބިޒްނަސް ޑިވިޝަންގެ (ޔޫކޭ) ހެޑް އޮފް ކަސްޓަމާ އެކްސްޕީރިއަންސް އިމްޕްރޫވްމަންޓްގެ މަގާމާއި ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސްގެ މަގާމްވެސް ފުރުއްވާފަ އެވެ.
އޭގެ އިތުރުން ޔޫކޭގެ އައިވޯބޭންކް ލިމިޓެޑްގެ ޑައިރެކްޓަރު އޮފް ބިޒްނަސް އޮޕަރޭޝަންސް އާއި ސެންޓެންޑާ ޔޫކޭގެ ހެޑް އޮފް އޮޕަރޭޝަންސް އެންޑް ކޮންޓިނުއަސް އިމްޕްރޫވްމެންޓްގެ މަގާމުވެސް އަދާކުރައްވާފައިވެ އެވެ.
ބޭންކާ ގުޅިވަޑައިގަތުމުގެ ކުރިން ލޯރާ ހުންނެވީ އެންގްލިއަން ވޯޓާގެ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެ މަގާމުގައި އިސްކޮށް ހުންނަވައިގެން އޭނާ ވަނީ އޮޕަރޭޝަނަލް އަދި އައިޓީ ޓްރާންސްފޮމޭޝަންގެ ބޮޑު ޕްރޮގްރާމެއް ހިންގަވާފަ އެވެ.
ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. އެގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވަ އެވެ.