ads
ރާއްޖޭގައި ގަސްތަކަށް ޖެހޭ ބަލިތައް ފެތުރުން ހުއްޓުވުމުގެ ނަމުގައި މަސްލަހަތުވެރިންނާ އެކު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ:އެގްރިކަލްޗަ މިނިސްޓްރީ
އެގްރިކަލްޗަ މިނިސްޓްރީން ރާއްޖެއަށް 5،000 ރުއް އެތެރެކޮށްފި
ރުއްތަކަށް ޖެހޭ ބައްޔެއްގެ ސަބަބުން ކާއްޓާއި ކުރުނބާ ލިބުން ދަތިވެފައިވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެގްރިކަލްޗަ މިނިސްޓްރީން ރާއްޖެއަށް 5،000 ރުއް އެތެރެކޮށްފިއެވެ.

ގަސްތަކަށް ޖެހޭ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް، އެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ބޭނުމުގައި ޕްލާންޓް ޕްރޮޓެކްޝަން އެކްޓާއި އޭގެ ދަށުން ހެދިިފައިވާ ގަވާއިދުތައް މުރާޖާކޮށް، އެ ކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ އެކު، 'ރާއްޖޭގައި ގަސްތަކަށް ޖެހޭ ބަލިތައް ފެތުރުން ހުއްޓުވުން' ގެ ނަމުގައި އެގްރިކަލްޗަ މިނިސްޓްރީން ވަނީ ދެ ދުވަހުގެ މުއްދަތަށް ބައްދަލުވުމެއް ބާއްވާފައެވެ.

ރާއްޖޭގައި ގަސްތަކަށް ޖެހޭ ބަލިތައް ފެތުރުން ހުއްޓުވުމަށް ބޭއްވި މަސްލަހަތުވެރިން މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެގްރިކަލްޗަ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެފައިވަނީ ރުއްގަހަށް ޖެހޭ ބަލީގެ ސަބަބުން ކާއްޓާއި ކުރުނބާ ލިބުން ދަތިވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރުކުގެ އާ ޖީލެއް އުފެއްދުމަށް 5،000 ރުއް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށާއި އެ ރުއްތައް ރަށްތަކަށް ބެހުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ގެނެސްފައިވާ ރުއްތައް ހުރީ އެގްރިކަލްޗަ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަރަންޓީނުކޮށްފައި ކަމަށާއި އެ ރުއްތައް ބަހާނީ ރުއްތަކުގައި އެއްވެސް ބާވަތެއްގެ ބައްޔެއް ނެތްކަން ކަށަވަރުކުރުމަށްފަހުގައި ކަމަށެވެ. ބައެއް ރަށްތަކުގައި ރުއްގަހަށް ޖެހޭ ބައްޔެއް ކަމަށްވާ ބޮންތި ނައްތާލާ ސޫޓީމޯލްޑް އުޅޭކަމަށް ވާނަމަ، އަލަށް ގެނެސްފައިވާ ރުއްތަކަށް އެ ބަލި ނުޖެހޭނެހެން އަމަލުކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

your imageރާއްޖޭގައި ގަސްތަކަށް ޖެހޭ ބަލިތައް ފެތުރުން ހުއްޓުވުމުގެ ނަމުގައި މަސްލަހަތުވެރިންނާ އެކު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ:އެގްރިކަލްޗަ މިނިސްޓްރީ

ރާއްޖޭގައި ރުއްގަހަށް ޖެހޭ ބަލިތައް ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ކަންކަމަށް ރަށު ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމާ އެކު، ދަނޑުވެރިންގެ އިތުރުން ވިޔަފާރި ބޭނުމަަށް ގަސް އެތެރެކުރާ ފަރާތްތަކުންވެސް އެފަދަ ކަންކަމަށް ހޭލުންތެރިކުރުން މުހިންމު ކަމަށެވެ.

ގަސްތަކަށް ޖެހޭ ބަލިތައް ގައުމީ ފެންވަރުގައި ފެތުރުން ނުހުއްޓުވޭނަމަ، ކާއްޓަކީ ގަވާއިދުން އެތެރެކުރަން ޖެހޭ އެއްޗަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން މި ބައްދަލުވުމުގައި މިނިސްޓަރު ފާޅުކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްވަރާ ބައްދަލުވުމުން ރުއްގަހަށް ޖެހޭ ބަލިތައް ނައްތާލުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރުމަށް ބޭނުންވާ މައުލޫމާތުތައް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައެވެ.

އެގްރިކަލްޗަ މިނިސްޓްރީން ބުނެފައިވަނީ މަސްލަހަތުވެރިންނާ އެކު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގެ މަގުސަދަކީ ގަސްގަހަށް ޖެހޭ ބަލިތައް އެއްރަށުން އަނެއް ރަށަށް ފެތުރެމުންދާ މިންވަރު އިތުރުވުމާ ގުޅިގެން އެކަމަށް ހައްލު ހޯދޭނެ ގޮތްތަކެއް ހޯދުމާއި ކައުންސިލްތަކާއި ދަނޑުވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް