ads
ވީއައިއޭއަށް އޭވިއޭޝަން ފިއުލް އަދި ގޭސް ފޯރުކޮށްދިނުމަށް އެސްޓީއޯއިން އެމްއޭސީއެލް އާއެކު ވެފައިވާ އެއްބަސްވުން އާ ކުރުން - ފޮޓޯ:އެސްޓީއޯ
ވީއައިއޭއަށް އޭވިއޭޝަން ފިއުލް އަދި ގޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުން އާ ކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އޭވިއޭޝަން ފިއުލް އަދި ގޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުން އާ ކޮށްފި ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ބޭނުންވާ އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދެމުން ކަމުގައެވެ. 

އަންނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ވީއައިއޭއަށް އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދިނުމަށް އެސްޓީއޯ އާއި އެމްއޭސީއެލް އާ ދެމެދު ވެފައިވާ އެއްބަސްވުން މިއަދު އާ ކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދުއެވެ. އެމްއޭސީއެލްގެ ފަރާތުން  އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއުއެވެ. 

އާ އެއްބަސްވުމުގެ ދަށުން ސަޕްލައި ކުރުމަށް އެއްބަސްވެފައިވާ އަދަދުތައް:

  • އޭވިއޭޝަން ފިއުލް: 1.5 މިލިއަން ފީފާ 
  • ގޭސް އޮއިލް: 80،000 ފީފާ

އެސްޓީއޯއިން ބުނީ އެމްއޭސީއެލްއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެ ކުންފުނީގެ އަމިއްލަ ޓޭންކަރު އެމްޓީ އަލިމަސް ހިމެނޭ ގޮތަށް ދެ ޓޭންކަރެއް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް