ads
އިންފޮމޭޝަން އަޕްޑޭޓް ފޯމު ހުށަހެޅުމުގެ މުއްދަތު ވެމްކޯއިން ވަނީ އިތުރުކޮށްދީފައި - ފޮޓޯ:ވެމްކޯ
އިންފޮމޭޝަން އަޕްޑޭޓް ފޯމު ހުށަހެޅުމުގެ މުއްދަތު ވެމްކޯއިން އިތުރުކޮށްދީފި
އިންފޮމޭޝަން އަޕްޑޭޓް ފޯމު ހުށަހެޅުމުގެ މުއްދަތު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އިތުރުކޮށްދީފިއެވެ.

ވެމްކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަނުން ހިދުމަތް ފޯރުކޮށްދޭ ވިޔަފާރި ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުން ހިދުމަތަށް ނަގާ ފީ، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސްޓެލްކޯގެ ކަރަންޓު މީޓަރުތަކުގެ ބިލުގައި ހިމަނައިގެން ފީ ނެގުމަށް ނިންމާ އެކަން އިއުލާނު ކުރެވިފައިވާ ކަަމަށެވެ.

އެ ކަމާ ގުޅޭގޮތުން އެ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނު ނަންބަރު: WAMCO-BDM/IUL/2023/026 ގެ ދަށުން 'އިންފޮމޭޝަން އަޕްޑޭޓް ފޯމު' ހުށަހެޅުމުގެ މުއްދަތު މި މަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި އިންފޮމޭޝަން އަޕްޑޭޓް ފޯމު ހުށަނާޅާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން ހިދުމަތް މެދުކެނޑޭނެ ކަމުގައެވެ.

ފޯމު އެ ކޯޕަރޭޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި އެ ކަމާ ގުޅޭ މައުލޫމާތު އެ ކޯޕަރޭޝަނުގެ މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރެވިފައިވާ ކަަމަށް ވެސް ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ބުނެފައިވަނީ އިތުރު މައުލޫމާތު އެ ކޯޕަރޭޝަނުގެ ހޮޓްލައިން 1666 މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް