އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީގެ މެމްބަރު ކަމަށް ޖަވާ އައްޔަން ކުރުމާއެކު، ޖަވާ ވެގެންދާނީ މި ކޮމިޓީގައި މަސައްކަތް ކުރާ ދިވެއްސަށެވެ.އޭޝިއާ ފުޓްބޯޅައިގެ އިސް ޒިންމާތަކެއް ބޮލުގައި އެޅިފައިވާ މި ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ޖަވާ، 2023-2027 އަށް މަސައްކަތް ކުރައްވާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
އޭއެފްސީ ޑިވެލޮޕްމަންޓް ކޮމިޓީގެ ޒިންމާތަކުގެ ތެރޭގައި އޭޝިއާ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓްގެ އެންމެހާ ކަންކަމުގައި އޭއެފްސީ އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުން ހިމެނެ އެވެ.
އޭއެފްސީން އަމަލުކުރަމުން އަންނަ ޑިވެލޮޕްމަންޓް ސްޓްރެޓިޖީ އަށް ގެންނަން ޖެހޭ އެކިއެކި ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ބޭނުންވާ ބަދަލުތަކާ ބެހޭ ދިރާސާ ކުރުމުގެ ކަންކަމަކީވެސް މި ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ޖަވާ އެފްއޭއެމްގައި މަސައްކަތް ކުރައްވާތާ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އިންތިހާބުވެވަޑައިގަތުމަށް ފަހު 2016 ވަނަ އަހަރު ވަނީ ޖެނެރަލް ސެކްރެޓަރީ އަކަށް ޖަވާ އައްޔަނުކޮށްފަ އެވެ. އޭގެ ކުރިން 2014 ވަަނަ އަހަރު ވެސް ޖަވާ ވަނީ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކޮށްފަ އެވެ.
ޖަވާވަނީ މިދިޔަ އަހަރު ކޮމަންވެލްތުގޭމްސްގައި ދިވެހި ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަނަރުކަން ކުރައްވާފައެވެ.