ads
ޢަބްދުﷲ ޖާބިރު
ޔޮޓް ޓުއާޒްގެ މުވައްޒަފަކަށް ބައި މިލިއަނެއްހާ ރުފިޔާ ދޭން ހުކުމްކޮށްފި
މުސާރައިން އުނިކޮށްފައިވާ ބައި މިލިއަނެއްހާ ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސްގެ މައްޗަށް ހުކުމް ކޮށްފިއެވެ.

މިއީ ޔޮޓް ޓުއާސްގެ ސައިޓް ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި ދިވެހި މުވައްޒަފެއްގެ މުސާރައިން އުނިކޮށްފައިވާ ފައިސާ އަނބުރާ ހޯދުމަށް އޭނާ، އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރި މައްސަލައެކެވެ. 

މި މައްސަލަލައިގައި ބުދަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި ހުކުމުގައި ބުނެފައިވަނީ، އެ މުވައްޒަފުގެ މުސާރައިން އުނިކޮށްފައިވާ 433،400 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކާށެވެ. 

މުވައްޒަފުގެ ފަރާތުން މި މައްސަލައިގައި ދައުވާ ކުރުމުން، ޝަރީއަތުން ބޭރުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން ޔޮޓް ޓުއާސްއިން ހުށަހެޅި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަަމަވެސް ޝަރީއަތުން އެކަމަށް ދިން 14 ދުވަހުގެ ތެރޭގައި އެކަމާ ގުޅޭ އެއްވެސް ކަމެއް ކޮށްފައިނުވާތީ ޝަރީއަތުން ނިންމީ އެ ފައިސާ އެކީ އެއް ފަހަރާ މުވައްޒަފަށް ނަގައިދިނުމަށް ޔޮޓް ޓުއަރސްގެ މައްޗަށް ހުކުމް ކުރާށެވެ. 

ޔޮޓް ޓުއަރސްގެ ދިވެހި މުވައްޒަފެއްގެ މުސާރައިން އުނިކުރި ބައި މިލިއަނެއްހާ ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފައިވާއިރު، މީގެ ކުރިންވެސް މުސާރައިގެ މި ފަދަ މައްސަލަތަކުގައި އެ ކުންފުންޏާ ދެކޮޅަށް ހުކުމްކޮށްފައި އެބަހުއްޓެވެ. 

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް