ads
އަރަބިއްޔާ ބެލެނިވެރިން އިހުތިޖާޖެއްގެ ތެރެއިން
އެއްވެސް ދަރިވަރަކަށް ޓެރަރިސްޓެކޭ ނުބުނަން: އަރަބިއްޔާ
ސްކޫލްގެ ޔުނީފޯމް ކޯޑާއި ހިލާފުވި ނަމަވެސް އެއްވެސް ކުއްޖަކަށް ޓެރަރިސްޓެކޭ ނުބުނާ ކަމަށާއި، އެފަދަ އިބާރާތެއް ދޭހަވާ ގޮތައްވެސް އެއްވެސް ބަހެއް އަރަބިއްޔާގެ އެއްވެސް މުވައްޒަފަކު ދުވަހަކުވެސް ބުނެފައި ނުވާކަމަށް އެ ސްކޫލުން ބުނެފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވާގޮތުން، އަރަބިއްޔާގެ އިމްތިހާނެއް ކުރިއަށްދިޔަ ވަގުތު އަންހެން ދަރިވަރެއްގެ މޫނު ބުރުގާ ނެގުމަށް މަޖުބޫރު ކުރުވާ، އަދި އެދަރިވަރާ ދިމާއަށް ޓެރަރިސްޓަކަށް ވާން ބޭނުންހޭ ބުނެ މުހާތަބު ކުރިކަމަށް ބުނެފައިވެއެވެ.

އަދި އެހެން ރިޕޯޓެއް ބުނާގޮތުން ތުނބުޅި ބަހައްޓައިގެން ސްކޫލަށް ދިޔަ ފިރިހެން ދަރިވަރަކާއި ދިމާއަށްވެސް "ޓަރަރިސްޓެއް" ކަމަށް ނިސްބަޔްކޮށް އަރަބިއްޔާގެ ބައެއް މުވައްޒަފުން ވާހަކަ ދައްކާފައި ވެއެވެ. ނަމަވެސް އެއިން އެއްވެސް ރިޕޯޓެއްގައި ސްކޫލުގެ ބަހެއް ހިމަނާފައެއް ނުވެއެވެ.

އަަރަބިއްޔާ ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަރަބިއްޔާ ސްކޫލުގެ އެއްވެސް ކުއްޖަކީ ޓެރަރިސްޓެއް ކަމަށް ބުނެފައިނުވާނެ ކަމަށާއި އެފަދަ މާނައެއް ދޭހަވާނެ ބަހެއްވެސް ބުނެފައި ނުވާކަމަށެވެ. އަދި  އެފަދަ ވާހަކަތައް ބަޔަކު ފަތުރަނީ ފިތުނަ އުފެއްދުމަށް ކަމަށްވެސް އެ ސްކޫލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ސްކޫލް ޔުނޫފޯމް ކޯޑާ ހިލާފުވެގެން ވެސް އެއްވެސް ކުއްޖަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް ސްކޫލުން ހިންގާފައި ނުވާކަމަށްވެސް ސްކޫލުގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ސްކޫލާ ގޫޅޭ ގޮތުން އެކިއެކި ގޮތްގޮތަށް ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ މަދު ފަރާތްތަކުގެ ބޭނުމަކީ ފިތުނަފަސާދަ އުފެއްދުން." - އަރަބިއްޔާ ސްކޫލް

އެ ސްކޫލް ބަދުނާމުވާފަދަ ހަގީގަތާ ހިލާފު އެފަދަ ވާހަކަތައް ނުދެއްކުމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް އަރަބިއްޔާގެ ބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް