
ހޯނޑެއްދޫގެ އިހުތިސާސުގެ ތެރޭގައި އޮންނަ އޮންނަ ކަނޑެވާރެހާ އަކީ ގާތްގަނޑަކަށް 4.6 ހެކްޓަރުގެ ކުޑަ ރަށެކެވެ. މި ރަށް ކައިރީ ގިނަ އަދަދެއްގެ ފަޅުރަށްތައް އޮވެއެވެ.
މި ރަށް ހޯނޑެއްދޫގެ އިހްތިސާސުން އުނިކުރަން ނިންމާ އެކަމުގެ ގަރާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ނެރުއްވާފައެވެ. އެރަށް ހޯނޑެއްދޫގެ އިހުތިސާސުން ނެގީ ރައީސްގެ ވައުދުފުޅު ފުއްދެވުމަށް އިންޓަގްރޭޓަޑް ޓޫރިޒަމަށް ތައާރަފުކުރުމަށްކަމަށް އެ ގަރާރުގައިވެއެވެ.
ގދ. ކަނޑެވާރެހާއަކީ 2020 ވަނަ އަހަރު އޭރުގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހްގެ ޤަރާރަކުން ހޯޑެއްދޫ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ކަނޑައެޅި ފަޅުރަށެކެވެ.
ހޯނޑެއްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ހޯނޑެއްދޫގެ އިހްތިސާސް އިން ކަނޑެވާރެހާ ވަކިކުރުރުން ހަރު އަޑުން ކުށްވެރިކުރާކަމަށެވެ. އެ ބަޔާނުގައި ބުނީ ރައީސްގެ މި ނިންމުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންގެ ހައްގު ގެއްލިގެންދާނެކަމަށެވެ.
ހޯނޑެއްދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އެރަށް ކައިރީ އޮންނަ ކަޑެވާރެހާ ހޯނޑެއްދޫގެ އިހްތިސާސްއިން ވަކިކުރީ އެރަށުގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ވަޒަންކުރުމެއްނެތިކަމަށެވެ. އަދި މިފަދަ ނިންމުމެއް ނިންމުމަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށްވެސް ހޯނޑެއްދޫ ކައުންސިލްގެ ބަޔާނުގައިވެއެވެ.
ހޯނޑެއްދޫ ބަޔާނުގައި ރައީސްއަށް ގޮވާލާފައިވަނީ
- ހޯނޑެއްދޫގެ އިހްތިސާސް ގެ ތެރެއިން ކަނޑެވާރެހާ ވަކިކުރުމުގެ ނިންމުން ވަގުތުން އަނބުރާ ގެންދިއުމަށް
- ހޯނޑެއްދޫގެ ރައްޔިތުންނާ މަޝްވަރާކޮށް، އެ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށްފަހު ނިންމުންތައް ނިންމުމަށް
- ރަށްރަށުގެ އިހްތިސާސްތަކަށް ބަދަލު ގެނައުމުގައި އިންސާފުވެރި އަދި ހާމަކަން ބޮޑު އުސޫލުތަކެއް ގާއިމުކުރުމަށް
ގދ. ކަނޑެވާރެހާގައި ފަތުރުވެރިކަން ތަރައްގީ ކުރާނެ ބަޔަކު ހޯދަން ހޯނޑެއްދޫ ކައުންސިލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިއުލާންކުރިއެވެ. އެރަށް ކުއްޔަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާއިރު ރަށުގެ ރަށުގެ ލީސް އެކުއިޒިޝަން ކޮސްޓަކީ 700،000 ޑޮލަރު ( 10.7 މިލިއަން ރުފިޔާ) ރުފިޔާކަމަށް އޭރު ކައުންސިލުން ކުރި އިއުލަންގައިވެއެވެ. އަދި އެރަށުން އަހަރަކު ސާފު ފައިސާގެ ގޮތުގައި 10 މިލިއަންނާއި 22 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ލިބޭނެކަމަށްވެސް ވަނީ ބުނެފައެވެ.