ads
އިމިގްރޭޝަނުން ބިދޭސީއެއްގަ މައުލޫމާތު ޗެކްކުރަނީ
ގަވާއިދާ ހިލާފަށް މަސައްކަތްކުރި ހަ ބިދޭސީން ކެފޭތަކުން އަތުލައިފި
މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ ހަތަރު ތަނެއް ބަލައި ފާސްކޮށް ސައްހަ ވިސާނެތި މަސައްކަތްކުރަމުންދިޔަ ހަ ބިދޭސީން އިމިގްރޭޝަނުން އަތުލައިފިއެވެ.
Advertisement

މި ބިދޭސީން އަތުލައިފައިވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ވިޔަފާރިތަކުގެ ތެރޭގައާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދެއެވެ. މިހާތަނަށް 6،076އަށްވުރެ ގިނަ ބިދޭސީން އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް "އޮޕަރޭޝަން ކުރަނގީ" ގެ ނަމުގައި ހޯމް މިނިސްޓްރީން ހަރަކާތެއް ކުރިއަށްގެންދެއެވެ. މި ހަރަކާތުގެ ތެރެއިން މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް