
އޭނާ މިގޮތަށް ގޮވާލެއްވީ މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަމާމެދު ދެކޭގޮތް ބަލަން އިދިކޮޅު އެމްޑީޕީން މިއަދު ހުށައެޅި ގަރާރުގެ ބަހުސް މަރުހަލާގައެވެ. މި ގަރާރު މަޖިލިހަށް ހުށައެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.
މި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ އިދިކޮޅު އެމްޑީޕީން އުޅެނީ ގަރާރުތައް ހުށަހަޅައިގެން މަޖިލީހުގެ ވަގުތު ބޭކާރު ކުރަން ކަމަށެވެ. އެހެންކަމުން މަޖިލިހަށް ގަރާރު ހުށައެޅުމުންވެސް ބަލައިގަންނަށް ފެނޭތޯ ފުރަތަމަ ވޯޓަށް އެހުމަށް މަޖލީހުގެ ގަވައިދު ބަދަލުކުރަން ފަލާހް ވަނީ ގޮވާލައްވާފައެވެ.
ފަލާހް ވިދާޅުވީ އެގޮތަށް ހުށައަޅުއްވާ ސަބަބަކީ ކުރިއަށް އޮތް ތަނުގައި ތަނަކުން ތަނަކު ނުޖެހޭ ގަރާރުތައް ގިނަވެދާނެކަމަށް ފެންނާތީ ކަމަށެވެ. އަދި މަޖިލިހަށް މެމްބަރުން އިންތިހާބު ކުރީ ތާކުނ ތާކު ނުޖެހޭ ކަންކަން ކުރަން ނޫންކަމަށްވެސް ފަލާހް ވިދާޅިވިއެވެ.