ads
ބާރުގަދަ ރައީސަކު ހަމަބިމަށް ތިރިކުރި ދެ އަންހެނުން!
ބާރުގަދަ ރައީސަކު ހަމަބިމަށް ތިރިކުރި ދެ އަންހެނުނަކީ ކޮންބައެއް!
މި ހަފްތާ މިނިގެން ދިޔައީ ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު، އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅަކު ކޯޓަށް ހާޒިރުކޮށް، ހައްޔަރުކުރި ހަބަރާ އެކުގައެވެ. މިއީ އެމެރިކާގެ ތާރީހުގައިވެސް އެގައުމުގެ ރައީސަކު އަދި ރައީސްކަން ކޮށްފައިވާ ބޭފުޅަކު މިފަދަ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ފުރަތަމަ ފަހަރެވެ.
Advertisement

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ހިންގަމުންދާ ޖިނާއީ ދައުވާގެ ޝަރީއަތް ފެށިފައިވާއިރު، 34 ދައުވާއެއް ވަނީ އުފުލާފައެވެ. ދައުވާތަކުން މިހާތަނަށް ފެނުނު ގޮތުގައި ދައުވާތައް ގޮސް ގުޅިފައިވަނީ ކަސްބީ ދެ އަންނެހުންނާއެވެ.

އެކަކީ އެމެރިކާގެ ބަރަހަނާ ފިލްމުކުޅޭ ސްޓޯމީ ޑެނިއަލްސް އެވެ. އަނެއް އަންހެނަކީ ޕްލޭ ބޯއީ މޮޑެލް ކެރިން މެކްޑޫގަލް އެވެ. ދެ މީހުންނަކީވެސް ޓްރަމްޕް ނަހަމަ ގޮތުގައި ޖިންސީގުޅުން ހިންގެވިކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ.

އެމެރިކާގެ ގާނޫނު ބުނާގޮތުން، ހަށިވިއްކުމާއި ކަސްބީ އަންހެނުންނަށް ފައިސާ ދިނުމަމީ މަނާކަމެއް ނޫނެވެ. އަދި އެއީ އެގައުމުގައި "ނޯމަލް" ކަމެކެވެ. ދެން މައްސަލަ ޖެހުނީ ކީއްވެ؟

މައްސަލައަކަށް ވެގެން އުޅެނީ ދެ އަންހެނުންނަށްވެސް ރިޝްވަތު ދިންކަމަށް ތުހުމަތު ކުރެވުމެވެ. އަދި އެކަމާގުޅޭ ލިއެކިއުންތައް ނައްތާލާފައިވާ މައްސަލާގައެވެ.

ބަރަހަނާ ފިލްމުކުޅޭ ސްޓޯމީ ޑެނިއަލްސްއާ ޓްރަމްޕު ޖިންސީގުޅުން ހިއްގެވިކަމަށް ބުނާ މައްސަލަ ފޮރުވުމަށް އަދި އޭނާ އެވާހަކަ އެހެން ތަނެއްގައި ނުދެއްކުމަށް، ޝަރުތުކޮށް ގިނަ އަދަދެއްގެ ފައިސާ ދިނުމަކީ ޓަރަމްޕަށް މި ކަމުގައި ސަލާމަތް ނުވެވިގެން އުޅޭ ސަބަބެވެ. އަދި އެ މުއާމަލާތްތަކުގެ ލިއެކިއުންތައް ނައްތާލާފައި ވުމަކީވެސް ކުށެކެވެ.

ޕްލޭ ބޯއީ މޮޑެލް ކެރިން މެކްޑޫގަލްއަކީވެސް ޓްރަމްޕް ލޯބީގެ ގޮތުން ގުޅި ޖިންސީގުޅުން ހިންގި އަންހެނެއްކަމަށް އޭނާގެ ބަޔާންތަކުން އެނގެއެވެ. 

ޕްލޭ ބޯއީ މޮޑެލް ކެރިން މެކްޑޫގަލްގެ މައްސަލާގައި ޓްރަމްޕް ތާށިވެގެން އުޅެނީވެސް މުޅިން ތަފާތު އެހެން ކަނެކްޝަންއަކުންނެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ނޭޝަނަލް އިންކުއައިރާ ކިޔާ ޓެބްލޮއިޑް މަޖައްލާއަކުން ކެރިން މެކްޑޫގަލްގެ އިންޓަވިއުއެއް ނަގައި، އާއްމު އެހެން އެއްވެސް ތަނެއްގައި އެވާހަކަ ނުދެއްކުމަށް ޝަރުތުކޮށް އެއްބަސްވުމެއް ހަދާ އޭނާއަށްވެސް ގިނަ އަދަދެއްގެ ފައިސާ ދިން މައްސަލައެއްގައެވެ.

އެ މަޖައްލާގައި އިންޓަވިއު ނުޖެހުމުން މަޖައްލާވެސް ފަހުން ވަނީ ޖޫރިމަނާކޮށްފައެވެ. އިންޓަވިއުއެއް ހޯދުމަށްކަމަށްބުނެ ކެރިން މެކްޑޫގަލްގެ އަނގަބަންދުކުރަން ކުރިކަމެއްކަމަށް މިހާރު އޮތީ ޕްރޮސެކިއުޓަރުން ނިންމާފައެވެ.

20%
ކަމުގޮސްފި
70%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް