ads
ރައީސް ޑރ. މުހަންމަދު ވަހީދު އަދި ރައީސް މުހައްމަދު ނަޝީދު
11 އަަހަރު ފަހުން ދެ ރައީސުން އެއް މޭޒަކަށް!
ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު އިސްތިއުފާދެއްވިފަހުން، އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ހަސަން ވަހީދު އާއިއެކު އެއް މޭޒެއް ދޮށުން ފެނިވަޑައިގެންފިއެވެ.

މީގެ 11 އަހަރު ކުރިން ރައީސް ނަޝީދު އިސްތިއުފާ ދެއްވީ "ގައުމުގެ މަސްލަހަތު ދެމެހެއްޓެވުމަށް" ކަމަށް ވިދާޅުވެއެވެ. ނަަމަވެސް ފަހުން ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ސަޕޯޓަރުން ތުހުމަތު ކުރެއްވިގޮތުން އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ކަމަށް ވަޑައިގެންނެވީ "ބަގާވާތަކުން" ނެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ނިންމީ ވެރިކަން ބަދަލުވީ ގާނޫނީ ތަރަހައިގެ ތެރެއިންކަމަށެވެ. އެ ނިންމުމުގައި ރައީސް ނަޝީދުގެ ފަރާތުން ބައިވެރިވެ ވަޑައިިގެންނެވި މަންދޫބު ގަހާ ސައީދު ސޮއެއް ނުކުރައްވައެވެ. 

މި ހާދިސާއަށްފަހު ރާއްޖޭގައި ބޮޑު ސިޔާސީ ހަމަނުޖެހުންގަނޑެއް އުފެދުނެވެ. އަދި ރައީސް ނަޝީދުގެ ރަނިން މޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރު ނުކުންނެވި ޑރ. ވަހީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވިފަހުން ރައީސް ނަޝީދާއެކު އެއް މޭޒަކުން ވަރަށް ނޫނީ އެއްގޮތަކަށްވެސް ނުފެނެެވެ. 

your imageސައުދީން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ ދެއްވި ރޯދަވީއްލުން 

ނަމަވެސް މިރޭ ރައީސް ނަޝީދާއި ރައީސް ޑރ. ވަހީދު ވަނީ ރާއްޖެއަށް ސައުދީން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ ދެއްވި ރޯދަވީއްލުމަކަށް ވަޑައިގެންފައެވެ. އެ ރޯދަ ވީއްލުމުގައި ސީޔާސީ ދާއިރާގައި ހަތުރުންގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ތިއްބެވި މި ދެބޭފުޅުން ތިއްބެވީ ނުހަނު ގާތްގާތުގައި އެއް މޭޒެއް ދޮށުގައެެވެ. 

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ރައީސް ނަޝީދުގެ ފެކްޝަނުން އަންނަނީ ޖުމްހޫރީޕާޓީއާއެކު ރިޔާސީ އިންތިހާބަށް ނުކުތުމަށް މަޝްވަރާ ކުރަމުންނެވެ. 

52%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް