ads
ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް:
މިނިސްޓަރުގެ އަމާޒް: ޓީބީ، ލެޕްރަސީ އަދި ރުބެއްލާ ރާއްޖެއިން ނައްތާލުން
ޓީބީއާއި ލެޕްރަސީ އަދި ރުބެއްލާ ރާއްޖެއިން ނައްތާލަން އަމާޒުތަކެއް ކަނޑައަޅާފައިވާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބާގައި ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ އަމާޒަކީ 2023 ވަނަ އަހަރު ނިމެންވާއިރު މުޅި ރާއްޖެއިން ރުބެއްލާވެސް ފޮހެލުން ކަމަށެވެ.

ކަށިވިދުރިއާ، ލެޕްރަސީއާއި، ފައިލޭރިއާއި މެލޭރިއާފަދަ ބަލިތަކަކީ އިންސާނިއްޔަތަށް ބިރެއްކަމަށާއި 75 ވަނަ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރާއިރު މި ބަލިތަކުން ރާއްޖެ އަރައިގަނެފައިވުމަކީ ހާސިލްކުރެވުނު ބޮޑު ކާމިޔާބީއެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ސިއްހީ ދާއިރާއިން ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިންވެސް ހޯދާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރުން ނިމުމަކަށް ގެނެވިފައިވީނަމަވެސް، ހައްލު ހޯދަންޖެހޭ ކަންކަން އަދިވެސް އެބަހުރިކަމަށެެވެ.

2025ގެ ނިޔަލަށް ދިވެހިރާއްޖެއިން ޓީބީ ނައްތާލުމަކީވެސް އަމާޒެއް ކަމަށާއި ފިޔަވަހިތަކަކަށް ބަހާލައިގެން ފަހަރަކު ސަރަހައްދަކަށް އަމާޒުކޮށްގެން، ލެޕްރަސީވެސް ރާއްޖެއިން ނައްތާލުމަށް އަމާޒު ކަނޑައަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް