އެކަން ހާމަކުރައްވާ ރައީސް ސޯލިހްއާއެކު ހުންނެވި ފޮޓޮއެއް ނާޝިދު ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލައްވާފައެވެ. އަދި ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ ޕޯސްޓެއްވެސް ނާޝިދު ކުރައްވާފައި ވެއެވެ.
ވިޔަފާރިވެރިޔާ ނާޝިދު ރައީސް ސޯލިހްއަށް ތާއީދު ކުރެއްވުމަށް ނިންމެވިއިރު، ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ވެސް ދާދިފަހުން ވަނީ ރައީސް ސޯލިހްއަށް ތާއީދު ކުރެއްވުމަށް ނިންމަވާފައެވެ.
އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވާއިރު، އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ބޭފުޅުން ގެންދަވަނީ ތާއީދު ހޯއްދެވުމާއި ކޯލިޝަން ހެދުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ.