ads
ހިޔާގައި ރޭ ރޯވުމުން އަލިފާން ނިއްވަން ހަރަކާތްތެރިވަނީ
އަލިފާން ރޯވީ އެތައް ފަހަރަކު އެކަން ތަކުރާރުވުމަށް ފަހު!
ރޭ މެންދަމުގެ ވަގުތުގައި ހުޅުމާލޭ ހިޔާ ސަރަހައްދުގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ފަސް ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ރޯވީ، ފަހުން މައުލޫމާތު ލިބުނު ގޮތުން މަތިން ވައްޓާލި، ސިނގިރޭޓް ފިލްޓަރަކުންނެވެ.

ހިޔާގެ 16 ޓަވަރުގައި، 30000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭކަމަށް ލަފާކުރެވޭއިރު، އެތަނުގައި އުޅޭ ބައެއް މީހުންގެ ނޭއްގާނީ އަމަލުތަކުގެ ވާހަކަ މީގެކުރިންވެސް ދެއްކިފައި ވެއެވެ. ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާއަކީވެސް އެފަދަ ކަންކަން އެތައް ފަހަކަރު ތަކުރާރުވުމަށްފަހު ހިނގި ކަމެކެވެ.

ހިޔާ ފްލެޓް ޔޫނިއަންގެ ވައިބަ ކޮމިއުނިޓީން އެކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި މީގެކުރިންވެސް އެފަދަ އެތައްކަމެއް ސަމާލުކަމަށް ގެނެސް ކޮމިއުނިޓީގައި ބަހުސްކުރެވި ވާހަކަ ދެކެވިފައި އެބަހުއްޓެވެ. ކުނީގެ މައްސަލަތަކާއި ރައްކާތެރި ނޫން ގޮތުގައި ހިޔާގައި ކުރެވޭ ބައެއް ކަންކަމުގެ ވާހަކަ އެވެ.

your imageހިޔާ ޓަވަރުގައި ރޭ ރޯވިތަން: ފޮޓޯ އެމްއެންޑީއެފް

އެގޮތުން ދާދިފަހުން މީހަކު ކޮމިއުނިޓީއަށް ލީ ފޮޓޮއެއްގައި ފެންނަނީ ހިޔާގެ އެޕާޓްމަންޓެއްގެ ބެލްކަނިން މަގުމައްޗަށް ވާގޮތަށް ރެއިލިންގައި އައްސާފައިހުރި ބައިސްކަލެކެވެ. އެ ބައިސްކަލު އެއްސިމީހަކު އެކަންކޮށްފަހުރި މޮޅުގޮތެއް ސާފުނުވާކަމަށާއި ވެއްޓި މީހަކަށް ބޮޑު އަނިޔާއެއް ލިބޭނީ ކޮން އިރަކުކަން ނޭންގޭކަމަށްވެސް ޕޯސްޓުގައި ބުނެފައިވެއެވެ.

އެހެން މީހަކު ވަނީ އޭނާގެ އެޕާޓްމަންޓްގެ ބެލްކަނީގައި ފުޅިމަދު ފޮށިގަނޑެއްގައި ހުރި ކުނިތަކެއްގައި މީގެކުރިން ރޯވުމުން ނިއްވާލާފައިވާ ފޮޓޮއެއްވެސް ކޮމިއުނިޓީއަށް ފޮނުވާފައެވެ.

your imageހިޔާ އެޕާޓްމަންޓެއްގެ ބެލްކަނީގައި ހުރި އެއްޗެހިތަކެއް އަންދާފައި

މަތީ އެޕާޓްމަންޓްތަކުން ތިރީގެ އެޕާޓްމަންޓްތަކަށް އެއްޗެހި ވެއްޓުމާއި ސިނގިރޭޓް ފިލްޓަރު އާއްމުކޮށް ވެއްޓުމަކީ ހިޔާގެ ބައެއް މީހުންގެ ނިމުމެއްނެތް ދާއިމީ ޝަކުވާއެކެވެ. ނަމަވެސް އެތަނުގައި މަދުން ނަމަވެސް އުޅޭ ބައެއް "ގޮތްކުޑަ އުޅުމެއްނެތް މީހުނަށް" އެކަން ފަހުމެއް ނުވެއެވެ.

ރޭގެ ހާދިސާގައި ބޮޑުވަރު ނުވަނީސް އަލިފާން ނިއްވާލެވުނު ނަމަވެސް އެކަން އެގޮތަށް ކޮންމެ ފަހަރަކު ނުވެދާނެއެވެ. އަދި ކިތައްމެ ކުޑަކޮށް ހިނގި ހާދިސާއެއް ނަމަވެސް ބަޔަކަށް އެކަމުން ލިބޭނެ ނަފްސާނީ ގެއްލުމަކީ ކުޑަކަމަށްވެސް ނުވާނެއެވެ.

your imageވައިބަ ކޮމިއުނިޓީއަށް މީހަކު ފޮނުވި ޕޯސްޓެއް

ރޭގެ ހާދިސާއަށް ފަހު ހިޔާފްލެޓް ޔޫނިއަންގެ ވައިބަ ކޮމިއުނިޓީގައި އަނެއްކާވެސް އެވާހަކަތައް އާވިއެވެ. ބައެއް މީހުންވަނީ ސިނގިރޭޓް ފިލްޓަރުގެ މައްސަލައަކީ ހައްލު ނުވި ބޮޑު މައްސަލައެއްކަމަށް ބުނެފައެވެ.

"އާއްމުކޮށް ބެލްކަނީކަ ސިނގިރޭޓްބޮއެ، ބުނެބުނެވެސް އެކަން ނުހުއްޓި އެޕާޓްމަންޓްތަކުގެ ނަމްބަރުތައް ގުރޫޕްގަ ޖަހާ، ލިސްޓެއް ނެރެންވީނު. މިކަން ކުރަން ކެރޭނެތަ" - މީހަކު ގްރޫޕަށް ކޮށްފައިސާ ޕޯސްޓެއް

ބައެއް މީހުން ބުނީ ސިނގިރޭޓް ފިލްޓަރުގެ އިތުރުން ސިނގިރޭޓް އަޅީގެ އުނދަގޫވެސް އެމީހުނަށް ކޮންމެ ދުވަހަކު ޖެހޭ ކަމަށެވެ. އެގޮތުން ބެލްކަންޏާއި އެޕާޓްމަންޓް ތެރެއަށް އަޅިތައްއެޅޭ ދުވަސް މަދު ނޫންކަމަށްވެސް އެމީހުން ބުނެއެވެ.

ސިންގިރޭޓް ފިލްޓަރުގެ މައްސަލާގައި އެކަން ނުކުރުމަށް ބައެއް މީހުން ކައިރީބުނެ ނުހުއްޓުމުން އެކަން އެޗްޑީސީއަށްވެސް އަންގާފައިވާނެކަމަށާއި ނަމަވެސް އެކަން ކުރާމީހުން އެކަން ނުހުއްޓިކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

"މިގޮތަށް މިކަން ހިނގާކަން އެނގޭ އެމީހުން ނުވެސް ހުއްޓާ، އެހެންވީމަ ރައްކާތެރިކަމުގެ ގޮތުން މިގޮތަށް ބެލްކަނީގަ ފަސޭހައިން އަލިފާން ރޯވާ ކުނި ނުބެހެއްޓުންވެސް ބުއްދިވެރި" - މީހަަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

ކޮންމެއަކަސް ރޭ އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް ، ސިނގިރޭޓް ފިލްޓަރު ބެލްކަންޏަށް ވެއްޓުމަކީ ކޮންމެ ދުވަހަކުވެސް ހިޔާ ފްލެޓްގެ ބައެއް އެޕާޓްމަންޓްތަކުން ކުރަންޖެހޭ ޖަތުރިބާއެކެވެ. އެކަން ނުވެސް ހުއްޓިއެވެ. މިކަމަށް އޮތް ހައްލަކީ ކޮބައިތޯއެވެ. ހިޔާގެ ރައްޔިތަކު ބުނިހެން އެކަން ކުރާ އެޕާޓްމަންޓާއި މީހުންގެ މައުލޫމާތު އާއްމު ކުރަންވީ ހެއްޔެއެވެ.؟

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް