ads
ސުނީތާ އޭނާގެ ކޮއްކޮއާއެކު
ސުނީތާގެ ކޮއްކޮ ނިޔާވެއްޖެ
ރާއްޖޭގެ މަޝްހޫރު ފިލްމީތަރި އަދި ކްރިއޯގްރާފަރުގެ ސުނީތާ އަލީގެ ކޮށްކޮ މިއަދު ނިޔާވެއްޖެކަމަށް އޭނާ ބުނެފިއެވެ.
Advertisement

ސުނީތާގެ ކޮއްކޮ އަކީ އއ. އުކުޅަސް އާއިޝަތު ޝިފުނާއެވެ. އޭނާ ނިޔާވިއިރު އުމުރަކީ 20 އަހަރެވެ. އޭނާ ނިޔާވީ ކީއްވެކަމެއް ސާފެއް ނުވެއެވެ 

އޭނާ ވަޅުލާފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު ހުޅުމާލޭ އާސަރާ މިސްކިތުގައެވެ. 

ޝިފުނާއަކީ އުކުޅަހު ސްކޫލުގެ އެންމެ މޮޅު ދަރިވަރުކަން ވެސް ހޯދާފައިވާ ކުއްޖެވެ. 

ސުނީތާއަކީ ދިވެހި ފިލްމީ ދާއިރާގެ އެންމެ ހުނަރުވެރި އެއް އަންހެން ފަންނާނެވެ. އޭގެ ތެރޭގައި އެކްޓިން އަދި ނެށުން ފާހަގަކޮށްލެވެއެވެ. 

1994 ވަނަ އަހަރު ސުނީތާ ފެނިގެންދިޔައީ މަރިޔަމް ޝައުގީ އާއި އަރީފާ އިބްރާހިމް ޑައިރެކްޓްކުރި އާއިލީ ޑްރާމާ މަންޒިލް (1994) އިންނެވެ. އަމްޖަދު އިބްރާހިމްގެ ޓީވީ ސީރީޒް "ދެބެން (1997) ގައި ލުބްނާގެ ރޯލު ކުޅުމުގެ އިތުރުން 1997 ވަނަ އަހަރު ރިލީޒްކުރި އޭނާގެ ފީޗާ ފިލްމު ލޯބީގާ އަނިޔާ (1997) ގައި ވެސް މެއިޑްގެ ރޯލުން ފެނިގެންދިޔަ އެވެ. ދެން އޭނާ ކުޅުނީ މަރިޔަމް ޝައުގީގެ ވާހަކައަކަށް ޓެޑުރީ ޑައިރެކްޓުކުރި ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ ފެމިލީ ޑްރާމާ ޓީވީ ސީރީޒް "ކައްތިރި" އެވެ.  އެ ސީރީޒްގައި އޭނާ ކުޅުނީ ފަރުވާކުޑަ މަންމައެއްގެ ރަހުމަތްތެރިއެއްގެ ރޯލުންނެވެ.

އޭގެ ފަހުން ފިލްމުތަކުގެ އައިޓަމް ލަވަތަކުން ފެނިގެންދިޔައީ، މިލަ ހަންދޫވާރު (1998)، ހިއްޔި ހަލާކު (1998) އަދި ހިއި އެދެނީ (2001) އެވެ. އެއަށްފަހު އިބްރާހިމްއާ އެކު އޭނާގެ ކުޑަކުދިންގެ ބިރުވެރި ފިލްމުތައް ކަމަށްވާ "ސަންތި މަރިޔަންބު 1" (2001) އަދި "ސަފާރު ކައިދާ 1" (2001) ގައި މަސައްކަތް ކުރިއިެވެ.  ޖެހިގެން އައި އަހަރު އަމްޖަދު އިބްރާހިމް އާއި ގުޅިގެން އިންސާނެއްގެ ހިތް ހޯދުމަށް އަމާޒު ހިފާފައިވާ އަންހެން ޖިންނިއެއްގެ ވާހަކަ ކިޔައިދޭ އޭނާގެ ބިރުވެރި ފިލްމު "ސަންދުރަވިރޭ" (2002) އަށް މަސައްކަތް ކުރިއެވެ. ޝަފީއު އާއި މަރިޔަމް ނިޝާ ލީޑް ރޯލުން ފެނިގެންދިޔަ މި ފިލްމުގައި އޭނާ ކުޅުނީ ނަފްސާނީ ގޮތުން މައްސަލަތަކެއް ދިމާވެފައި ޒުވާން އަންހެނެއްގެ ރޯލެވެ. 

10%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
59%
ވަރަށް ސަލާމް
ކޮމެންޓްސް