ads
ޖައު ގައުމީ އިނާމް ހޯއްދެވިއިރު
އޭއެފްސީގެ ލީގަލް ކޮމިޓީއަށް ޖައު
އެފްއޭއެމްގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އޭއެފްސީގެ ލީގަލް ކޮމިޓީ އަށް އައްޔަންކޮށްފި އެވެ.

އޭއެފްސީގެ ލީގަލް ކޮމިޓީ އަށް ޖައު އަންޔަން ކުރުމާއެކު އޭނާވާނީ އެ ކޮމިޓީއަށް އައްޔަން ކުރެވުނު ފުރަތަމަ ދިވެއްސަށެވެ.

2007 ވަނަ އަހަރުން ފެށިގެން އެފްއޭއެމް ގައި މަސައްކަތް ކުރައްވަމުން އަންނަ ޖައުއަކީ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރެކެވެ. ޖައުއަކީ ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީ އިން އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ސެންޓްރަލް ރިޒަލްޓް މެނޭޖްމަންޓް ޕެނަލްގެ މެންބަރެއްވެސް މެއެވެ.

ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރެއްގެ އިތުރުން އުމުރުފުރާތަކުން ފެށިގެން ސީނިއާ ގައުމީ ޓީމުތަކުގެ މީޑީއާ އޮފިޝަލެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާފައިވާ ޖައުޝަން ވަނީ 2016 ވަނަ އަހަރު އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އެ އަހަރުން ފެށިގެން އޭނާ އަންނަނީ އެފްއޭއެމްގެ ލީގަލް ޑިޕާޓްމަންޓްގައި ވެސް މަސައްކަތް ކުރައްވަމުންނެވެ.

ޖައުއަކީ ކުޅިވަރުގެ ދާއިރާއިންގައުމީ އިނާމު ހާސިލް ކުރައްވައިގެން ހުންނެވި ޒުވާން ލޯޔަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް