ads
ދަގަނޑޭ ނިއުގެ ޖޯޒީގައި
ނިއުގެ ސަޕޯޓަރުންގެ ލޯބި ސޯޝަލް މީޑިއާގައި ދަގަނޑޭއަށް
ދެ ވަނަ ޑިވިޝަނާއި އެފްއޭ ކަޕުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ، ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމު ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން، ނިއުގެ ކުރީގެ ކެޕްޓަން އަދި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގަށް އޮތް ލޯބިން ސޯޝަލް މީޑިއާ ފުރާލައިފިއެވެ.

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުކާ ދުރުގައި ހުރުމަށް ފަހު އަލުން އެނބުރި އައިސް މިހާރު ގައުމީ ޓީމުގައިވެސް ހިމެނިފައިވާ ދަގަނޑޭއަށް ނިއުގެ ސަޕޯޓަރުންގެ ލޯބި ސޯޝަލް މީޑިއާގައި އޮއްސާލީ، ނިއުއިން ދަގަނޑޭގެ ސޮއި ހޯދަން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅުގައި ނިއުގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ދަގަނޑޭގެ ވީޑިއޯއަކާއެކުއެވެ. މި ވީޑިއޯއަކީ 2013 ވަނަ އަހަރު އޭއެފްސީ ކަޕުގައި އިންޑޮނީޝިއާގެ ޕާސިބޯކޮޅަށް ދަގަނޑޭ ޖެހި މޮޅު ލަނޑުގެ ވީޑިއޯއެވެ.

ދަގަނޑޭ އަލުން އެނބުރި ނިއުއަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނިއުގެ ޗެއާމަން ނިއުގެ ޗެއާމަން އަހުމަދު ވާސިފް ވެސްވަނީ ވިދާޅުވެފައެވެ. ވާސިފް ވިދާޅުވީ އަލުން ނޫ ޖާޒީ ލާން މެނޭޖްމަންޓާއި ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް އެދިއެދި ކަމަށެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ގެ ސަޕޯޓަރުން ތިބީ އަޝްފާގު މިއަހަރު ނިއު އިން ފެނުމަށް އެދި އެދި، މެނޭޖްމަންޓް ދަނީ އަޝްފާގު ކައިރިން ތަކުރާރުކޮށް އެކަމަށް އެދެމުން.. މިތިބީ ޖަވާބަކަށް މަޑުކޮށްގެން.

ޕާސިބޯކޮޅަށް ދަގަނޑޭ ޖެހި ގޯލްތަކުގެ ވީޑިއޯ ކޮޅަކާ އެކު ނިއު އިން ޕޯސްޓްކުރި ވީޑިއޯއެއްގައި، އޭނާ އެނބުރި އަންނަން އެދެމުން ލިޔެފައިވަނީ ޗެމްޕިއަނުންނަކީ، އެ ބައެއްގެ މަތިން އަބަދުވެސް ހަނދާން ހުންނާނެ މިހުން ކަމަށާއި، ލެޖެންޑުންނަކީ ދުވަހަކު ވެސް އެ ބައެއްގެ މަތިން ހަނދާން ނުނެތޭނެ ކަމަށެވެ. 

ދަގަނޑޭ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެންމެ ފުރަތަމަ 2006-2007 އަށް، އޭގެ ފަހުން 2012-2013 އަށް އަދި އެންމެ ފަހުން 2017-2018 އަށެވެ، މީގެ ތެރެއިން 2013 ވަނަ އަހަރު ނިއު އިން އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ގޮސް، ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ ތަށްޓެއް ހޯދިއިރު އޭނާ ބޮޑު ހިއްސާއެއްވި އެވެ. އެ ފަހަރަކީ ދަގަނޑޭގެ އެހީތެރިކަމާއެކު ނިއުއިން ދުނިޔޭގެ ރެކޯޑެއްވެސް ހެދި ފަހަރެކެވެ. 

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގް ، ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ގެ ނުލާ ހުދުގެ ޖާޒީގައި މި އަހަރު ފެނުމަކީ ނިއުގެ ސަޕޯޓަރުން ގެ ވަރަށް ބޮޑު އެދުމެއް. އަދި ނެތި ގޮސްފައި ވާ ފުޓްބޯޅަގެ ފޯރި އަންނާނެކަމެއް- ނިއުގެ ސަޕޯޓަރަކު ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ. 

ނިއުއިން އަންނަ ސީޒަނަށް ތައްޔާރުވަމުން އަންނަ އިރު މި އަހަރު ނިއުރޭޑިއަންޓުގެ ކޯޗަކަށް، އަހުމަދު ނިމާދު އަދި އެސިސްޓެންޓް ކޯޗަކަށް ނިއުގެ ކުރީގެ ކުޅުންތެރިޔާށ ފަރުހާދު އިސްމާއީލް - ފަރޭވަނީ ހަމަ ޖައްސާފައެވެ. މި އަހަރުގެ ފުޓްބޯޅަ ސީޒަން މިހާރު ފަށާއިރު، ނިއު އިން އަންނަނީ ދެވަނަ ޑިވިޝަނަށް ތައްޔާރުވަމުންނެވެ. 

ނިއުއާ ވާދަވެރި ވިކްޓްރީންވެސްވަނީ ދެވަނަ ޑިވިޝަނަށް ވަރުގަދަ ޓީމެއް އެކުލަވާލާފައެވެ. ވިކްޓްރީގެ ކޯޗަކަށް ހުންނާނީ ކުރިން އެ ޓީމަށް ކުޅުނު އަދި ނިއުއަށްވެސް ކުރިން ކޯޗުކޮށްދިން ސޮބާހް މުހައްމަދެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް