ads
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު (ފޮޓޯ އޮލިމްޕިކް ކޮމިޓީ)
އިންޑިއަން ގްރޯން ޕްރީ ތިނަކަށް ދިވެހި ޓީމު އިއުލާންކޮށްފި
އިންޑިއާގައި މި މަހު އޮންނަ އިންޑިއަން ގްރޯން ޕްރީ ތިނެއް އަދި ހަތަރެއްގައި ވާދަ ކުރާ ގައުމީ އެތުލެޓިކްސް ޓީމު އިއުލާންކޮށްފި އެވެ.

ބެންގަލޫރުގައި އިންޑިއަން ގްރޯން ޕްރީ ތިނެއް އަދި ހަތަރެއް އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހަށެވެ. މި މުބާރާތަށް އެކުލަވާލި ދިވެހި ސްކޮޑުގައި ހިމެނެނީ ފަސް ފިރިހެން އެތުލީޓުންނާއި، ފަސް ފިރިހެން އެތުލީޓުންނެވެ.

ދިވެހި ޓީމުގައި ހިމެނޭ ފިރިހެން އެތުލީޓުންނަކީ، ބާރު ދުވުންތެރިޔާ ހަސަން ސާއިދު، ހުސެއިން ރިޒާ، ޙުސެއިން ފަޒީލް ހާރޫން، އާދަމް ރިއްފަތު އަދި ހުސެއިން ޒީކް ސައުދު އެވެ.

އަންހެން އެތުލީޓުންނަކީ އާމިނަތު ޖާއިޝާ ޖުނީޒް، މަރިޔަމް އަލްހާ ހުސެއިން، އައިޝަތު ޝަބާ ސަލީމް، ޒިވާ މޫސާ ޝަފީއު އަދި ރިފާ މުހައްމަދު އެވެ. މި ޓީމުގައި ހިމެނޭ އޮފިޝަލުންނަކީ ޝިފާޒް ރާޝިދު، އަހުމަދު ފާއިލް އަދި މަފާޒާ މުސްތަފާ އެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި މިދިޔަ މަހު އޮތް އިންޑިއަން ގްރޯން ޕްރީ އިވެންޓްގެ 100 މީޓަރު ރޭހުން ރާއްޖޭގެ ހަސަން ސާއިދު ވަނީ ރަން މެޑަލް ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް