ads
ސޯސަން ރޫޓުގެ ބަސް ދަތުރުތަކުގެ ގަޑިއަށް އެމްޓީސީސީން ވަނީ ބަދަލު ގެނެސްފައި - ފޮޓޯ:އެމްޓީސީސީ
ސޯސަން ރޫޓުގެ ބަސް ދަތުރުތަކުގެ ގަޑިއަށް ބަދަލު ގެނެސްފި
ސޯސަން ރޫޓު، R12 ގެ ބަސް ދަތުރުތަކުގެ ގަޑިއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބަދަލު ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ ސޯސަން ރޫޓު، R12 ގެ ދަތުރުތައް މިއަދުން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ފަތިހު 05:30 އިން ފެށިގެން ހަވީރު 05:30 އަށް ކަމަށެވެެ.

ސޯސަން ރޫޓު، R12 ގެ އާރުޓީއެލް ބަސް ދަތުރުތަކުގެ ގަޑިއަށް ގެނެވުނު ބަދަލާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.

ރޯދަ މަހާ ގުޅިގެން އެމްޓީސީސީން މާލޭގައި ދެމުން އަންނަ ބަހުގެ ހިދުމަތަށް ބަދަލު ގެނައި ނަމަވެސް، މާލެ-ހުޅުލެ-ހުޅުމާލެ އާއި ހުޅުމާލޭގެ އެތެރޭގެ ބަސް ދަތުރުތަކަށް މާ ބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެހެންނަމަވެސް އެ ކުންފުނިން ވަނީ ބަސް ދަތުރު ކުރާ ރޫޓުތަކަށް ބައެއް ބަދަލުތައް ގެނެސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް