އެމްޓީސީސީން ބުނެފައިވަނީ ހުޅުމާލެ ފިޔަވަހި އެކެއްގެ އެތެރޭގެ ރޫޓު، R5 ގެ ބަސް ސްޓޮޕްތަކަށް މިއަދުން ފެށިގެން ބަދަލު ގެނެވިފައިވާ ކަމަށެވެ.
ހުޅުމާލެ ފިޔަވަހި އެކެއްގެ އެތެރޭގެ ރޫޓު، R5 ގެ ބަސް ސްޓޮޕްތަކަށް ގެނެވުނު ބަދަލާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.
ހުޅުމާލެ ފިޔަވަހި އެކެއްގެ ބަސް ދަތުރުކުރާ ރޫޓުގެ ސްޓޮޕްތަކަށް އެމްޓީސީސީން ވަނީ ބަދަލު ގެނެސްފައި - ފޮޓޯ:އެމްޓީސީސީ
ރޯދަ މަހާ ގުޅިގެން އެމްޓީސީސީން މާލެ ސަރަހައްދުގައި ދެމުން އަންނަ ބަހުގެ ހިދުމަތަށް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން އެ ކުންފުނިން ވަނީ ބަސް ދަތުރު ކުރާ ރޫޓުތަކަށާއި ބަސް ދަތުރު ކުރާ ގަޑިތަކަށް ބައެއް ބަދަލުތައް ގެނެސްފައެވެ.