ads
ދިވެހި ކުޅަދާނަ ރާޅާ އެޅުންތެރިޔާ އިބޫ (ފޮޓޯ ފޯ ސީޒަންސް)
އޭޝިއަން ސާފިން ޗެމްޕިއަންޝިޕު ރާއްޖޭގައި
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މި އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އޮންނާނީ މި އަހަރުގެ ޖުލައި މަހު ކ. ހިންމަފުށީގަ އެވެ. އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މި އަހަރު ރާއްޖޭގައި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ. އެންމެ ފަހުން މުބާރާތް ބޭއްވީ ޖަޕާނުގަ އެވެ. އެ ފަހަރު ރާއްޖޭ އިން ވެސް ވާދަކުރި އެވެ. މުބާރާތުގެ ފައިނަލު ހީޓުގައި ވާދަކޮށް ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދިއިރު އިސްމާއިލް ރަޝީދު (ސްމައިލީ) ދިޔައީ ހަތަރަކަށެވެ.

އޭޝިއާގެ އެންމެ ބޮޑު ސާފިން މުބާރާތް ރާއްޖޭގައި ބާއްވާތީ ގައުމީ ސާފް ލީގުގެ ކަލަންޑަރަށްވަނީ ބަދަލު ތަކެއް ގެނެސްފައެވެ. މިހާރު ކަނޑައަޅާފައިވަޏީ ޖުލައި މަހުގެ ހަތަރަކުން އަށަކަށް ހިންމަފުށީގައި ބާއްވަން އޮތް "ގާމާދޫކޮޅު" މުބާރާތް ޖޫން މަހަށް އަވަސްކުރުމެވެ. އެ މުބާރާތް މިހާރު އޮންނާނީ ޖޫން 14-18 އަށެވެ. ޖުލައި މަހުގެ 31 އިން ފަހެއް އޮގަސްޓަށް ބާއްވަން ހަމަޖެހިފައި އޮތް ރ. ކިނޮޅަހު "ހުރާކޮޅު ރާޅުގަނޑު" މުބާރާތް ވަނީ ޖުލައި 26-30 އަށް އަވަސްކޮށްފަ އެވެ.

މިއަހަރު ގައުމީ ސާފިން ޓީމަށް ހުރި މުބާރާތްތަކުގެ ތެރެއިން ފުރަތަމަ މުބާރާތަކީ މެއި މަހުގެ 30 ގައި އެލް ސަލްވަޑޯގައި އޮންނަ ވޯލްޑް ސާފިން ގޭމްސް އެވެ. އޭގެ ފަހުން އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރުމަށްފަހު ގައުމީ ޓީމުން ތައްޔާރުވާނީ އޮގަސްޓް މަހުގެ ފަހުކޮޅު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް