ފުލުހުން ބުނީ ރ މަޑުއްވަރީގައި ޕިކަޕެއް ފަހަތަަށް ޖަހަން އުޅުމުގެ ތެރޭގައި މީހެއްގެ ގައިގައި ޖެހުނު ކަމުގެ ރިޕޯޓް ލިބުނީ މެންދުރު ކަމަށެވެ.
އޭނާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިހާދިސާގައި ނިޔާވެފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ނިޔާވެފައިވަނީ މަޑުއްވަރީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަސްލަމް އެވެ.
ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށެވެ.